ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 21:28
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ރާއްޖެއެމްވީ
ކޮވިޑް-19ގައި މީހަކު ނިޔާވުން
ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހެއް ނިޔާވެއްޖެ
ނިޔާވީ 84 އަހަރުގެ ފިރިހެނެއް
ރާއްޖެއިން އައު ވޭރިއެންޓް ވަނީ ފެނިފައި
ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ

ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހެއް ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ދިޔަ ފިރިހެނެއް ބުރާސްފަތި ދުވަހުގެ ރޭ 8:20 އެހާކަންހާއިރު ނިޔާވެފައިވާ ކަަމަށެވެ. ނިޔާވީ 84 އަހަރުގެ ފިރިހެނެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅުގައި، މިބަލީގައި ޖުމްލަ 54 މީހަކު މިވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ވެސް އުމުރުން ދުވަސްވީ މީހުން ގިނައެވެ.

ރާއްޖޭއަށް ކޮވިޑްގެ ތިން ވަނަ ރާޅު އައިސްފައިވާއިރު، އައު ވޭރިއެންޓްވެސް ވަނީ ފެނިފައެވެ. އެހެންކަމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

- ކޮމެންޓް