ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 20:57
އައްޑޫ ސިޓީ ހުޅުމީދޫ، އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް ކައުންސިލުން މައުލޫމާތުދޭ
އައްޑޫ ސިޓީ ހުޅުމީދޫ، އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް ކައުންސިލުން މައުލޫމާތުދޭ
ދަ އެޑިޝަން
ހުޅުމީދޫ މޮނިޓަރިންއަށްލުން
ހަތަރު މީހަކު ޕޮޒިޓިވުމާއި ގުޅިގެން އައްޑޫ ސިޓީ ހުޅުމީދޫ މޮނިޓަރިންއަށް ލައިފި
ކަރަންޓީންގައި ތިބި ދެމީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ ހަފްތާ ތެރޭގައި
ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ ދެ ބީދޭސީން
އެސައިޓްގައި 60 މީހުން މަސައްކަތް ކުރަމުންދޭ

ކޮވިޑް-19ށް އައްޑޫ ސިޓީ ހުޅުމީދޫން 4 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންއަށްލައިފިއެވެ.

ރާއްޖެއެމްވީއަށް، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވެފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޕްރޮޖެކްޓް ސައިޓްގައި މަސައްކަތް ކުރާ 4 މީހުން ކަމަށެވެ.

މީގެ ތެރެއިން ދެ ދިވެހިން ޕޮޒިޓިވްވެފައިވަނީ މީގެ އެއް ހަފްތާ ކުރިން ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ސާމްޕަލް ނަގާ ޓެސްޓު ކުރުމުން ކަމަށެވެ. އަދި ކަރަންޓީންގައި ތިބި ބައެއް ކަމަށްވާތީ އިތުރު ބަޔަކު ބައްޔަށް ހުށަހެޅިފައިނުވާ ކަމަށާއި، އިތުރު ބަޔަކާ ކޮންޓެކްޓް ނުވާ ކަމަށް މައުލޫމާތުދިން ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންކަމުން އޭރު ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކޮށްފައިނުވާ ކަމަށާއި ނަމަވެސް ސައިޓްގައި މަސައްކަތް ކުރާ ދެބިދޭސީއެއްގެ ގައިން އަލާމަތްތައް ފެނުމާއި ގުޅިގެން ބުރާސްފަތި ދުވަހު ޓެސްޓު ކުރުމުން އެދެމީހުން ޕޮޒިޓިވްވެފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެސައިޓުގައި މަސައްކަތް ކުރާ 60 މީހުން ތިބިކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަައް ކުރިއަށްދާ ކަމަށާއި، އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މޭޔަރު ވިދާޅުވީ ސައިޓްގައި މަސައްކަތް ކުރާ މީހުން އާއްމު ޚިދުމަތް ހޯދާ ތަންތަން ކަމަށްވާ ފިހާރަ، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނަށް ވަދެ ޚިދުމަތް ހޯދާފައިވާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ހުޅުމީދޫ މޮނިޓަރިންއަށްލުމާއި ގުޅިގެން އެއަރޕޯޓަށް ޑިއުޓީއަށްދާން ޖެހޭ ފަރާތްތަކަށް ޑިއުޓީ ނުދެވި ބައެއް ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. ނަމަވެސް މިހާލަތުގައި ރައްޔިތުންގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ ކޮވިޑް-19ށް ރައްކާތެރިވުމަށް އައްޑޫ ސިޓީގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، އިތުރަށް މިކަންކަން ބަލަމުންދާނެ ކަމަށެވެ.

- ކޮމެންޓް