ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:20
ރައީސް ޞާލިޙް ރިޔާސީ ބަޔާން ދެއްވަން މަޖިލީހަށް ވަދެވަޑައިގަންނަވަނީ
ރައީސް ޞާލިޙް ރިޔާސީ ބަޔާން ދެއްވަން މަޖިލީހަށް ވަދެވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލިސް
ރިޔާސީ ބަޔާން 2021
ފުރުޞަތުގެ ބޭނުންހިފައި އެންމެން ވެސް ވެކްސިންޖަހަން ރައީސް އިލްތިމާސްކުރައްވައިފި
 
އާންމު ދިރިއުޅުމަށް އަނބުރާ ދެވޭނީ ވީހާވެސް ގިނަބަޔަކު ވެކްސިން ޖަހައި ރައްކާތެރިވެގެން
 
އެންމެނަށް ވާ ވަރަށް ވެކްސިން ލިބޭނެކަން ޔަގީންވެއްޖެ
 
ރާއްޖޭގައި އުޅޭ އެންމެނަށް ވެކްސިން ޖަހައިދޭނީ ހިލޭ

ރާއްޖޭގެ އިގްތިޞާދު ހަމައަކަށް އަޅުވައި އެންމެނަށް ވެސް އާންމު ދިރިއުޅުމަށް ރުޖޫޢަ ވެވޭނީ ވީ އެންމެ ގިނަ މީހުން ވެކްސިން ޖަހައިގެން ކަމަށް ވިދާޅުވެ މި ފުރުސަތުގައި އެންމެން ވެސް ވެކްސިން ޖަހަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު އިލްތިމާސްކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ރައީސް ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ފާއިތުވެގެންދިޔަ އަހަރު ރާއްޖެ ކޮވިޑް-19އާ ދެކޮޅަށް ކުރި މަސައްކަތްތަކާ މިހާރު އާދެވިފަ އޮތް ހިސާބަށް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން މިހާރު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެނެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އެންމެނަށް ވާވަރަށް ވެކްސިން ލިބޭނެކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ. އަދި ހުރިހާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެސް ރާއްޖޭގައި ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ދަތިތަކަށް ފަހު ސްކޫލްތަކުގެ ކިޔެވުން ފަށައި، ދަތުރުފަތުރު ރަނގަޅަށް ފެށޭނީ ވީހާ ވެސް ގިނަބަޔަކު ވެކްސިން ޖަހައި ބަލިން ރައްކާތެރިކަން ހޯދައިގެން ކަމަށެވެ.

އިރާދަކުރެއްވިއްޔާ، އެންމެހައި ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، އަޅުގަނޑުމެން ކޮވިޑް ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ. ކޯވިޑްގެ ދަތިތަކަށް ފަހު، ވިޔަފާރިތައް އަލުން ހިނގައިގަނެ، ސްކޫލް މަދަރުސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ، އަދި ޢާންމު އުޞޫލުން ދަތުރުފަތުރުތައް ފެށޭނީ ވެސް، ރާއްޖޭގެ ވީހާ ގިނަ ބަޔަކު، ވެކްސިން ޖަހައި، މިބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދައިގެން. އެހެންކަމުން މި ފުރުޞަތުގެ ބޭނުން ހިއްޕަވައި، ހުރިހާ ބޭފުޅުންވެސް ވެކްސިން ޖެއްސެވުމަށް އަޅުގަނޑު އިލްތިމާސްކުރަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

މިދިޔަ އަހަރު ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ އެ ބަލިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް ކަމަށެވެ. ބައެއް ފިޔަވަޅުތައް އެޅި އިރު އޭގެ ނަތީޖާ އެނގިތިބެ ވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ފިޔަވަޅުތައް އަޅަން މަޖުބޫރުވިކަމަށާއި، ބޯޑަރު ބަންދުކޮށް މާލެ ލޮކްޑައުންކުރުމަކީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ފިޔަވަޅުތަކާއެކު، މިބައްޔަށް ފަރުވާކުރެވޭ ވަރަށް ރާއްޖޭގެ ސިއްޙީ ނިޒާމު ގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި، އެ ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައި ، 362 ސިއްޙީ ޚިދުމަތްތެރިން ތަމުރީންކުރި ކަމަށާއި ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ޤާބިލުކަން ރާއްޖޭގައި މިހާރު ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ލޮކްޑައުންއަށް ލުއިދީ ބޯޑަރު ހުޅުވައި ފަތުރުވެރިން އަންނަން ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާ ހިސާބަށް އާދެވުނީ ރައްޔިތުން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށް ވިދާޅުވެ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރަށް ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރި ބުރަ މަސައްކަތްތަކާއި، ޓެކް ނިކަލް އެޑްވައިޒަރީ ޓީމުން ނިންމި ނިންމުންތަކާއި، މި ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ތިބި ހިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެބޭފުޅުންނަށް ވެސް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
33%
0%
67%
0%
0%
ކޮމެންޓް
4 ފެބްރުއަރީ 2021 | ބުރާސްފަތި 16:30
ރފ
އެއްދުވަހު ބުނާނެ ފުރަންޓުލައިނަށާ ހައިރިސްކަށޭ. އެހެންވީމާ ހައިރިސްކު މީހުންގެ މައުލޫމާތު އެއްކުރަނީއޭ. ވެކްސިން އައިމަ ބުނީ ވެރިންނަށާ، ވަޒީރުންނަށާ، އިސް މީހުންނަށޭ. ދެންވެސް ބުނީ ސިއްޙީ ހާލަތުވެސް އެނގޭ ގޮތަށް ރަޖިސްޓަރީ ވާށޭ. ދެންބުނީ އެކިގަޑިޔަށް ކިޔާނެ. މީހުން ބޮނޑި ނުވާނީ އޭރުންނޭ ދެން ދުވަހު ބުނީ މިއަދު 70 އިން މަތީ މީހުންނޭ. އަދި ބުނީ ފަތުރު ދާއިރާޔަށް މިތައް ޑޯޒު ރިޒާވޭ ދެން ބުނީ ޓީޗަރުންނަށް ރިޒާވޭ ދެން ބުނީ 70 އިން މަތީގެ މީހުން ހެނދު 10 އާ ހަވީރު 4 އާ ދޭތެރެއިން އަންނާށޭ. ދެން ބުނީ ރަޖިސްޓަރީ ނުކުރިޔަށް 65 އިން މަތީގެ މީހުން އައިމާ ޖަހާ ދޭނަމޭ. ދެން ބުނާނީ އެމީޙަކާ އެމީހެކޭ..؟ ތިނޫހުން މިކަމާ އެއްޗެއް ލިޔަން ކެރޭނެތަ؟ މިކޮމެންޓުު ޖަހަދޭން ކެރޭނެތަ؟ ނުވެއްޖިއްޔާ ތިނޫސް ބޮއިކޮޓު ކުރިޔަސް އޯކޭ ދޯ؟