ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:16
އަންޑިއާގެ ބޮޑުވަޒީރު ރައީސް ޞާލިޙުއާ ބައްދަލުކުރެއްވުން
އަންޑިއާގެ ބޮޑުވަޒީރު ރައީސް ޞާލިޙުއާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ސްރީ ލަންކާގެ މިނިވަން ދުވަސް
ލަންކާގެ 73 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި
 
ލަންކާއިން މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސީން އަތްދަށުން މިނިވަންވި ދުވަސް
 
ފޮރިން މިނިސްޓަރ ޝާހިދު ވެސް ވަނީ ތަހުނިޔާގެ މެސެޖު ފޮނުއްވާފައިވޭ
 
އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ރައީސްއަށް ޝުކުރުއަދާކުރެއްވި

އަވައްޓެރި ސްރީލަންކާގެ 73 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ފޮނުއްވައިފިއެވެ.

ބުރާސްފަތި ދުވަހު ލަންކާއިން ފާހަގަކުރާ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އިތުރަށް ލަންކާގެ ހުރިހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ. ރައީސް ލަންކާގެ ރައްޔިތުން ސިފަކުރައްވާފައި ވަނީ ދިވެހިންނާ ތިމާގެ ބައެއްގެ ގޮތުގައެވެ.

މީގެ އިތުރަށް އެ ގައުމަށް އިތުރު ތަރައްޤީ ލިބުމަށާއި ދެގައުމުގެ މެދުގައި އޮތް ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ މި ޓުވީޓު ރިޓްވީޓް ކުރައްވައި އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވަނީ ޝުކުރު ވެސް އަދާކުރައްވާފައެވެ.

ރައީސްގެ އިތުރަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ވަނީ ލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެ ގައުމުގެ ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރްދަނާ އަދި ގައުމުގެ ހުރިހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ. އަދި ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ވަރުގަދަކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސްރީލަންކާއިން ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 4ގައި ފާހަގަކުރާ މިނިވަން ދުވަހަކީ 1948 ވަނަ އަހަރު އެ ގައުމު އިނގިރޭސީންގެ އަތްދަށުން މިނިވަންވެ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް