ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 06:56
ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިނެއް، ކޮވެކްސް ފެސިލިޓީ ދަށުން ގިނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެ
ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިނެއް، ކޮވެކްސް ފެސިލިޓީ ދަށުން ގިނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެ
ރޮއިޓަރސް
ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން
ކޮވެކްސް ފެސިލިޓީ ދަށުން 330 މިލިއަން ޑޯޒް ވެކްސިން ފަގީރު ގައުމުތަކަށް ފޯރުކޮށްދެނީ
 
އަދި ފައިޒަރ-ބައޯއެންޓެކްގެ 1.2 މިލިއަން ޑޯޒް ވެކްސިން ހިމެނޭ
 
އެސްޓްރަޒެނެކާއިން އުފައްދާފައިވާ ވެކްސިންގެ 96 މިލިއަން ޑޯޒް ވެކްސިން ހިމެނޭ
 
މީގެ ތެރޭގައި ކޮވިޝީލްޑްގެ 240 މިލިއަން ޑޯޒް ވެކްސިން ހިމެނޭ

މިއަހަރު ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކޮވެކްސް ފެސިލިޓީ ދަށުން 330 މިލިއަން ޑޯޒްގެ ވެކްސިން ފަގީރު ގައުމުތަކަށް ފޯރުކޮށް ދިނުމުގެ އިންތިޒާމްތައް ހަމަ ޖެހިއްޖެއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި 330 މިލިއަން ވެކްސިން ޑޯޒްގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރަޒެނެކާގެ ރިސާރޗްގެ މައްޗަށް އުފައްދާފައިވާ ކޮވިޝީލްޑްގެ 240 މިލިއަން ޑޯޒް ވެކްސިންއާއި އެސްޓްރަޒެނެކާއިން އުފައްދާފައިވާ ވެކްސިންގެ 96 މިލިއަން ޑޯޒް އަދި ފައިޒަރ-ބައޯއެންޓެކްގެ 1.2 މިލިއަން ޑޯޒް ވެކްސިން އެވެ.

ކޮވެކްސް ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބޭނެ މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ގަވީ ވެކްސިން އެލަޔަންސް ގުޅިގެން ފަރުމާކޮށްފައިވާ ފެސިލިޓީއެކެވެ. ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގައި ގިނަ ގައުމުތަކަކުން ދަނީ ބައިވެރިވަމުންދާއިރު، މި ފެސިލިޓީގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން ވެކްސިން އުފައްދާ ގައުމުތަކުން މިކަމަށް ވަކި ވަރެއްގެ އެހީތަކެއް ވުމަށް ޑަބްލިޔުއެޗްއޯއާ އެކު އެއްބަސްވާން ޖެހެއެވެ.

ކޮވެކްސް ފެސިލިޓީގައި އަމިއްލަ އަށް ފައިސާ އިންވެސްޓް ކުރާ ގައުމުތަކަށް އެ ގައުމުތަކުގެ އާބާދީގެ 10 އާއި 15 އިންސައްތަ އާ ދެމެދުގެ އަދަދަކަށް ވެކްސިން ލިބިގެންދާނެއެވެ. މި ފެސިލިޓީއަށް ފަންޑު ކުރާ ގައުމުތަކަށް ދިގު މުއްދަތަކަށް އާބާދީގެ 20 އިންސައްތަ އަށް ވާވަރަށް ވެކްސިން ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް