ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:27
ދިވެހި މަސްވެރިން މަސްވެރިކަމުގައި އުޅޭ މަންޒަރު
ދިވެހި މަސްވެރިން މަސްވެރިކަމުގައި އުޅޭ މަންޒަރު
ފިޝަރީސް މިނިސްޓްރީ
މަސްވެރިކަން
ކޮވިޑްގެތެރޭގައި މިދިޔައަހަރު މަސްވެރިކަމުގެ ރަން އަހަރުގެ ނިންމާލެވުމަކީ އިޤްތިޞާދީ ބޮޑު ކާމިޔާބީއެއް - ރައީސް
 
އެކްސްކްލޫސިވިޓީ އުވާލައި، މަސް ގަތުމުގެ ވިޔަފާރި ޢާންމުކޮށް ވަނީ ހުޅުވާލާފައި
 
މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީ މިދިޔަ އަހަރު އުވާލި
 
މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރަކީ މިދިޔަ އަހަރު

ކޮވިޑްގެ ދަތި އުނދަގުލުގައިވެސް މަސްވެރިކަމުގެ ރަން އަހަރުގެ ގޮތުގައި މިދިޔަ އަހަރު ނިންމާލެވުމަކީ އިޤްތިޞާދީ ބޮޑު ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯވިޑްގެ ސަބަބުން، ޤައުމުގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަންކަމަށް ވިދާޅުވެފައެވެ. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް ޓަކައި، މިދިޔަ އަހަރުވެސް، ސަރުކާރުން މުހިންމު މަސައްކަތްތަ ކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ މިދިޔަ އަހަރު އުވާލައި، މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުޞަތު، މިހާރުވާނީ ޢާންމުކޮށް ހުޅުވާލުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން މި ދަނޑިވަޅުގއި ލިބުނު ގެއްލުމުގެ އެހީއަކަށް މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް މިދިޔަ އަހަރު ކަނޑާލާ، ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަކީވެސް މިދާއިރާއިން ކުރިއެރުން ހޯދުމަށް ލިބުނު އިތުރު ބާރެއްްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މިދިޔަ އަހަރަކީ މިފްކޯއަށް ރަން އަހަރެއްކަމަށް ސިފަކުރައްވާފައެވެ. އެގޮތުން މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ލިފައިވާއިރު، މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކްސްކްލޫސިވިޓީ މިދިޔަ އަހަރު އުވާލައި، މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުޞަތު، މިހާރުވާނީ ޢާންމުކޮށް ހުޅުވާލާފައި މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް މިދިޔަ އަހަރު ވާނީ ކަނޑާލާފައި. މީގެ އިތުރުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ. މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ވާނީ ދީފައި. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް

މިދިޔަ އަހަރެކޭ އެއްގޮތައް މިއަހަރުވެސް ގިނަ ކަންކަން ޕްލޭންކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޫއްޑޫ އަދި ކަނޑުއޮއްގިރީވެސް ތަރައްޤީކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިމަސައްކަތް ނިމުމުން މިފްކޯއަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 އިން ސައްތަ އިތުރުވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައި މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މ މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައި 13 ރަށެއްގައި ކޯލްޑް ސްޓޯރެޖް މިއަހަރު ތެރޭ ތަރައްޤީކުރަން ނިންމާފައިވާކަން މީގެ ކުރިން ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް