ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 02:15
ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންއަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެއް
ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންއަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެއް
ރައީސް އޮފީސް
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހުން
އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް، މިއަދު ވެކްސިން ދޭން ފަށަނީ
 
ވެކްސިން ޖަހަން ދާއިރު، ރަނގަޅަށް ކައިގެން ދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައި
 
ވެކްސިން ޖަހަން ދާއިރު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދަން ޖެހޭ
 
ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި ސޯޝަލް ސެންޓަރަށް 9:00ން 17:00ށް ޒިޔާރަތް ކުރުމަށް އެދިފައިވޭ

މާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުންމަތީގެ ފަރާތްތަކަށް ކޮވިޑް-19 ގެ ވެކްސިން ބުރާސްފަތި ދުވަހު ދޭން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުންމަތީގެ ފަރާތްތަކަށް ކޮވިޑް-19 ގެ ވެކްސިން ދިނުން 4 ފެބްރުއަރީ 2021 ގައި ފަށާނެ ކަމަށެވެ.

އެގޮތުން ސޯޝަލް ސެންޓަރަށް 9:00ން 17:00ށް އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް) 9:00ން 17:00ށް ޒިޔާރަތް ކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޖަހަން ދާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަން ޖެހޭ ކަމަށާއި، ބަލީގެ އެއްވެސް އަލާމާތެއް އަދި ކަރަންޓީންގައި ހުރި މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށެވެ. ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުމާއި ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމުގެ އިތުރުން ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމާއި ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެން ދިއުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ވެކްސިން ޖެހުމަށްmy.health.mvގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ އެހީތެރިކަން ވެކްސިނޭޝަން ސެންޓަރުތަކުގައި ކުރިއަށް ގެންދެވޭނެއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ގެންދެވޭނެއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް މި ޕޯރޓަލްގައި ރެޖިސްޓްރީ ކުރުމަށާއި، ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބުން އިތުރު ފަރާތްތަކަށް ވެކްސިން ޖެހުމަށް ފުރުސަތު ހުޅުވާލަމުންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިވަގުތު ރާއްޖޭގައި ސިރަމް އިންސްޓިޓިއުޓްގެ ކޮވިޝީލްޑް ވެކްސިން އެމެޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ދީފައިވާއިރު، މި ވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. އަދި މިވެކްސިންގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން މިވެކްސިނަކީ އުމުރުން ދުވަސްވީ މީހުންނަށް ރަނގަޅު ވެކްސިނެކެވެ. މިވެކްސިން ޖެހުމުން ޒުވާނުންގެ ދިފާއީ ބާރު މަސައްކަތްކުރާގޮތާއި މާބޮޑު ތަފާތެއް ނެތި އުމުރުން ދުވަސްވީ މީހުންގެ ދިފާއީ ނިޒާމުވެސް ވެކްސިން ޖެހުމުން ބައްޔާ ދެކޮޅަށް މަސައްކަތްކުރާކަމަށް ވެކްސިންގެ ނަތީޖާތައް ދައްކައެވެ.

ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ އެކެއް ފެބްރުއަރީ 2021 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް