ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 06:59
އައްޑޫ ނޭޗަރ ޕާކް: ގިނަ ބައެއްގެ މެދުގައި ވަރަށް މަޤްބޫލުތަނެއް
އައްޑޫ ނޭޗަރ ޕާކް: ގިނަ ބައެއްގެ މެދުގައި ވަރަށް މަޤްބޫލުތަނެއް
ފޭސްބުކް
ރަމްސާ ވާރލްޑް ވެޓްލޭންޑް ސިޓީ
އައްޑޫ ސިޓީއަށް "ރަމްސާ ވާރލްޑް ވެޓްލޭންޑް ސިޓީ"ގެ ދަރަޖަ ހޯދުމަށް މަސައްކަތް ކުރަނީ
 
ރާއްޖޭގެ ޗަސްބިންތައް ހިމާޔަތްކުރުމަށް މި ކޮންވެންޝަންގައި ބައިވެރިވުމަކީ މުހިންމު ކަމެއް
 
90 އިންސައްތަ ތަންތަނަކީ ރައްޔިތުން ބަލަހައްޓާ ސަރަހައްދުތައް
 
ގުދުރަތީ ތަރިކަ ހިމާޔަތްކޮށް، ރައްކާތެރިކޮށް އޭގެ ބޭނުން ހިފާ ރައްޔިތުން އެބަތިބި

އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ ކުޅި، ފާ އަދި ޗަސްބިން ހިމާޔަތް ކުރާ މުޢާހަދާގެ "ރަމްސާ ވާރލްޑް ވެޓްލޭންޑް ސިޓީ"ގެ ދަރަޖަ ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމަވާފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާގައެވެ. އެގޮތުން އައްޑޫ ސިޓީއަށް "ރަމްސާ ވާރލްޑް ވެޓްލޭންޑް ސިޓީ"ގެ ދަރަޖަ ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

މިމަސައްކަތްތަކާއި ބެހޭ ގޮތުން މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ މުޅި ދިވެހިރާއްޖެއަށް ބަލާއިރު އައްޑޫ ސިޓީ އަކީ ކުޑަ ނާޒުކު ތިމާވެއްޓެއް އޮތް އަތޮޅެއް ކަމަށެވެ. އަދި ގުދުރަތީ ތަރިކަ ހިމާޔަތްކޮށް، ރައްކާތެރިކޮށް އޭގެ ބޭނުން ހިފާ ރައްޔިތުން ތިބި ސިޓީއެއްކަން ސޯދިގު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ވާ ކުޅިތައް ހިއްކައި، އެ ސަރަހައްދުތަކުގައި އެކިއެކި މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކުރައްވައި މޭޔަރ ސޯދިގު ވިދާޅުވީ، އައްޑޫގައި ހިމެނޭ ޗަސްބިންތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނުގެ ތެރެއިން 90 އިންސައްތަ ތަންތަނަކީ ރައްޔިތުން ވަރަށް ރަނގަޅަށް ބަލަމުންދާ ސަރަހައްދުތަކެއް ކަމަށެވެ.

މީގެ އިތުރުން ސޯދިގު ވިދާޅުވީ ރާއްޖެއިން މިހާތަނަށް ރަމްސާ ކޮންވެންޝަންގައި ބައިވެރިވެފައި ނުވުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، ރާއްޖޭގެ ޗަސްބިންތައް ހިމާޔަތްކުރުމަށް މި ކޮންވެންޝަންގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

1971 ވަނަ އަހަރު އިރާންގެ ރަމްސާގައި ސޮއިކުރެވުނު ރަމްސާ ކޮންވެންޝަނަކީ މުޅި ދުނިޔޭގައި ވެސް ޗަސްބިންތައް ހިމާޔަތް ކުރުމަށް ޚާއްސަވެފައިވާ ހަމައެކަނި މުއާހަދާއެވެ. ރާއްޖޭގެ އަވަށްޓެރި ގައުމުތަކަށް ބަލާއިރު، ސްރީ ލަންކާގެ ކޮޅަނބަށް ވަނީ 2018 ވަނަ އަހަރު "ރަމްސާ ވާރލްޑް ވެޓްލޭންޑް ސިޓީ"ގެ ލަގަބު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް