ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 22:25
ކޮވިޑް-19 ރޭންޑަމް ސާމްޕަލް ނަގަނިކޮށް
ކޮވިޑް-19 ރޭންޑަމް ސާމްޕަލް ނަގަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
742 މީހެއްގެ ގަޔަށް ވެކްސިން ޖެހިއިރު، މިއަދު އެކަނިވެސް 121 މީހަކު ޕޮޒިޓިވްވެފައިވޭ
 
އަތޮޅުތެރެއިން 4 މީހަކު އަދި ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވެފައިވޭ
 
ރާއްޖެއިން މިހާތަނަށް 1،578 މީހެއްގެ ގަޔަށް ވަނީ ވެކްސިން ޖަހާފައި
 
ރާއްޖެއިން ހުއްދަދީ ބޭނުން ކުރަމުންދާ ވެކްސިނަކީ ކޮވިޝީލްޑް ވެކްސިން

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 102 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ ހަވީރު 06:00ން ފެށިގެން ބުދަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް 3،197 މީހެއް ބައްޔަށް ޓެސްޓު ކޮށްފައިވާއިރު އޭގެ ތެރެއިން 121 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 102 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން ކަމަށާއި، އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވަނީ 4 މީހަކު ކަމަށެވެ. އަދި ރިސޯޓުތަކުން 15 މީހަކު ވެސް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން 742 މީހަކަށް ބުދަ ދުވަހު ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެއީ މާލެ ސަރަހައްދުން 643 މީހަކާއި އަތޮޅުތެރެއިން 99 މީހަކަށެވެ. އެއާއިއެކު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 1،578ށް އަރާފައެވެ. އޭގެ ތެރެއިން 1،309 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަދި އަތޮޅުތެރެއިން 269 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

ބުދަ ދުވަހު އިތުރު 121 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16،276ށް އަރައިފައެވެ. އެކްޓިވް ކޭސްގެ އަދަދު 1،879ށް އަރާފައިވާއިރު ރާއްޖެއިން މިބަލީގައި މިހާތަނަށް 53 މީހުން ނިޔާވެފައިވެފައެވެ. އަދި 14،337 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް