ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 16:28
މާލޭގެ އެންމެ ކާރުބާރުބޮޑު އެއްސަރަހައްދު ކަމަށްވާ މަޖީދީ މަގާއި ސޯސަންމަގު، ހަތަރުއަނގޮޅި: 7 ފެބްރުއަރީން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން އާންމު ތަންތާ އުޅޭއިރު މާސްކު އެޅުން މަޖުބޫރު
މާލޭގެ އެންމެ ކާރުބާރުބޮޑު އެއްސަރަހައްދު ކަމަށްވާ މަޖީދީ މަގާއި ސޯސަންމަގު، ހަތަރުއަނގޮޅި: 7 ފެބްރުއަރީން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން އާންމު ތަންތާ އުޅޭއިރު މާސްކު އެޅުން މަޖުބޫރު
ރާއްޖެއެމްވީ
އާންމު ތަންތަނުގައި މާސްކް އެޅުން މަޖުބޫރު ކުރުން
މާސްކް ނާޅާނަމަ، ހުރިހާ ރަށެއްގައިވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފި
 
ޓްސްކްފޯހުން އެކަންކަން ބަލާނެ
 
ރާއްޖޭގެ ހުރިހާ ރަށެެއްގައިވެސް ފުލުހުން ނެތް ކަމުގައި ވިޔަސް ޓާސްކު ފޯހެއް ހަދާފައި އޮންނާނެ

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާތީ، އެބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާސްކް ނާޅާނަމަ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބުދަ ދުވަހުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ ހެެޑް އޮފް ޓްރެެފިކް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވާފައިވާ އިއުލާނެއްގައިވާ ގޮތުން، 7 ފެބްރުއަރީން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އަދި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފަ ކަމަށެވެ.

އެހެންކަމުން، ރާއްޖޭގެ ހުރިހާ ރަށެެއްގައިވެސް ފުލުހުން ނެތް ކަމުގައި ވިޔަސް ޓާސްކު ފޯހެއް ހަދާފައި އޮންނާނެ ކަމަށާއި، ރަށްރަށުގައި މާސްކު ނާޅާ އުޅޭ ނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ، ރަށްރަށުގައިވެސް ޖޫރިމަނާކުރަމުން އަންނާނީ 1000ރއިން ފެށިިގެން ކަމަށެވެ.

ސަމީރު ވިދާޅުވީ، ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށިފަހުން، މާސްކު އަޅަން ހުރިހާ ފަރާތްތަކަށް ނަސޭހަތް ތެރިވަމުންދާއިރު، ދެން ނަސޭހަތް ދިނުމެއް ނޯންނާނެ ކަމަށާއި، މާސްކު ނާޅާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަަމަށެވެ.

މީގެ އިތުރުން ސަމީރު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގައި ރޭގަނޑު 08:30 އިންފެށިގެން ފަތިހު 04:30އަށް ވެހިކަލް ދުއްވުން މަނާކޮށްފައިވާތީ، އާންމު ފަރާތްތަކުގެ ހާއްސަ ބޭނުންތަކަށް ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ޓެކްސީއަށް ޓެކްސީ ކުރުމުގެ ހުއްދައެއް ދީފައިވާނެ ކަމަށެވެ. އަދި ރޭގަނޑު 11:00ން ފެށިގެން ފަތިހު 04:30ށް މާލެ ސަރަހައްދުގައި ކާފިއު ހިންގާފައިވާތީ، ޑިއުޓީއަށް ދާ ފަރާތްތަކާއި ޑިއުޓީ ނިންމާފައި ގެއަށްދާވަގުތު، އެ އޮފީހެއްގެ ޔުނީފޯމްގައި އޮފީހުގެ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ކާޑެއް ހިފައިގެން ޑިއުޓީއަށް ނުވަތަ ޑިއުޓީ ނިންމާފަ ގެއަށް ވަޑައިގެންނެވިދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
8%
8%
0%
23%
8%
54%
ކޮމެންޓް
3 ފެބްރުއަރީ 2022 | ބުރާސްފަތި 18:31
ހެއްހެއް
މާލޭގަ ބިދޭސީން ،..... ޖޫރިމަނާ ލޮލް
6 ފެބްރުއަރީ 2021 | ހޮނިހިރު 15:46
ނުވާނެ
މާލެޢާއި ހުޅުމާލޭމަގުމަތީގަ އަދި އާންމު އެކި ތަންތަނުގަ ބަންގާޅީން މާސްކު ނާޅާ އުޅޭއިރު ތިޔަބުނާޓާސްފޯސް އާއި ފުލުހުން ކޮބާ