ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 06:51
އީރާނުގެ ނިއުކްލިޔާ ޕްލާންޓް އެއް
އީރާނުގެ ނިއުކްލިޔާ ޕްލާންޓް އެއް
ރޮއިޓަރސް
އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް
ނިއުކްލިއާ އެއްބަސްވުމުގައި އަލުން އެމެރިކާ ބައިވެރިވުމަށް އީރާނުން ގޮވާލައިފި
 
އެމެރިކާއިން އެއްބަސްވުމަށް އަލުން ރުޖޫއަވުމަށް އެމެރިކާއަށް ބާރު އެޅުމަށް އީޔޫގެ ކިބައިން އެދޭ
 
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭ - ޒަރީފް

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި އަލުން އެމެރިކާ ބައިވެރިވުމަށް ބާރުއެޅުމަށް މަސައްކަތް ކޮށްދިނުމަށް އީރާނުގެ ހާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް އިލްތިމާސް ކުރައްވައިފިއެވެ.

ސީ.އެން.އެން.އަށް ދިން ބަސްދީގަތުމެއްގައި ޒަރީފް ވިދާޅުވީ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރިވެ، އެމެރިކާ ވަކިވެ، އެ އެއްބަސްވުމާ ޚިލާފަށް އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އަލުން އެނބުރި އެއްބަސްވުމަށް އެމެރިކާއިން ރުޖޫޢަވާންޖެހޭނެ ކަމަށެވެ. އަދި އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް އެމެރިކާއަށް ބާރު އެޅުމަށް އީޔޫގެ ކިބައިން އެދޭ ކަމަށް ޒަރީފް ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާއިން ވަކިވެ އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، މި ހައްގުތައް އަނބުރާ ހޯދުމަށް އެދި އީރާނުން ވަނީ މީގެ ކުރިންވެސް ޔޫރަޕްގެ ބޮޑު ތިން ބާރު ކަމަށްވާ ޖަރުމަނާއި، ފްރާންސް އަދި އިނގިރޭސިވިލާތުގެ ކިބައިން އެދިފައެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ޓަކައި އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވލާތް، ޖަރުމަނު، ޗައިނާ، ރަޝިޔާ މި 6 ގައުމާއެކު 2015 ވަނަ އަހަރު އީރާނުން ސޮއިކުރި އެއްބަސްވުމެކެވެ. މިއެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު އެމެރިކާ ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާފައެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުމާ ޚިލާފަށް އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް