ކ. މާލެ
|
2 ފެބްރުއަރީ 2021 | އަންގާރަ 15:57
ކޮންފަރެންސްގައި ބައިވެރިވާ ދިވެހި ވަފުދު ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް
ކޮންފަރެންސްގައި ބައިވެރިވާ ދިވެހި ވަފުދު ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް
މިނިސްޓްރީ އޮފް ޑިފެންސް
ޑިފެންސް މިނިސްޓަރގެ ދަތުރުފުޅު
ބައިނަލްއަޤްވާމީ ދެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ އިންޑިއާއަށް
މިދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވާފައިވަނީ އިންޑިޔާ ސަރުކާރުން
މިއީ އިންޑިޔާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގު ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ބައިނަލްއަޤްވާމީ ދެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްއިން ވަނީ ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ އިންޑިޔާއަށް ފުރާވަޑައިގަތްކަން ހާމަކުރައްވާފައެވެ.

މި ދަތުރުފުޅަކީ އިންޑިޔާގެ ބެންގަލޫރުގައި މިމަހުގެ 3 އިން 7 އަށް ކުރިއަށްދާ "އޭރޯ އިންޑިޔާ 2021 ޑިފެންސް އެއަރޝޯވ އެންޑް ޑިފެންްސް އެގްޒިބިޝަން" އާއި މި މަހުގެ 4 ވަނަ ދުވަހު ބާއްވާ "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓަރސް ކޮންކްލޭވް" ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގު ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ވެސް ޑިފެންސް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

މިދަތުރުފުޅުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ލެފްޓިނެންޓް ކާނަލް ޙަސަން ޢާމިރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވައިފައިވަނީ އިންޑިޔާ ސަރުކާރުންނެވެ.

- ކޮމެންޓް