ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 23:59
ކްލަބު ވެލެންސިޔާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)
ކްލަބު ވެލެންސިޔާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)
ރާއްޖެއެމްވީ
މާލޭ ލީގު
ގެއްލިގެންދިޔައީ މޮޅުވާން މަޖުބޫރު މެޗެއް: ފެސްކޯ
ވިކްޓްރީ އަތުން ވެލެންސިޔާ ބަލިވީ 1-3 ގެ ނަތީޖާއަކުން
ވެލެންސިޔާ އޮތީ އެއް ޕޮއިންޓާއެކު ލީގުގެ ފުލުގައި

އެސްޓީއޯ މާލޭ ލީގުގައި ހޮނިހިރު ދުވަހުގެރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ ބަލިވި މެޗަކީ މޮޅުވާން މަޖުބޫރު މެޗެއް ކަމަށް ކްލަބު ވެލެންސިޔާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

 

ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން ވެލެންސިޔާ ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ.

 

މެޗަށްފަހު ވާހަކަ ދައްކަމުން ފެސްކޯ ބުނީ މިހާތަނަށް ކުޅުނު އެހެން މެޗުތަކާ އަޅާ ބަލާއިރު މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އެހެން ނަމަވެސް ފެސްކޯ ބުނީ މެޗުގައި އަބަދުވެސް އެޓީމަށް ދިމާވަމުން އަންނަ މައްސަލައަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވޭތަން ކަމަށާއި އެގޮތުން މި މެޗުގައި ގިނަ ފުރުސަތުތަކެއް ލިބި އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވުނު ކަމަށެވެ.

 

ރަނގަޅު ނަތީޖާއެއް ނެރެވޭނީ އެ މެޗެއްގައި ޓީމަކުން ދައްކާ ރަނގަޅު ކުޅުމާއެކު ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެންކަން ފާހަގަ ކުރަމުން ފެސްކޯ ބުނީ މެޗު އެއްވަރުކުރެވިފައި ވަނިކޮށް އިދިކޮޅުން އަނެއްކާވެސް ގޯލެއް ކާމިޔާބުކުރުމާއެކު ޓީމު އެއްކޮށް ހަމައަކަށް ނޭޅި ދިޔަ ވަގުތު ބައިކޮޅަށް ގޯލެއް ވަނުމުން އެހިސާބުން މެޗު އެއްކޮށް އެނބުރިގެން ދިޔައީ ކަމަށެވެ.

 

ފެސްކޯ ބުނީ އެހާލަތުގައިވެސް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށާއި އެހެން ނަމަވެސް އިތުރު ލަނޑެއް ނުޖެހި މެޗު ނިންމާލަން ޖެހުމަކީ ލިބުނު ގެއްލުމެއް ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން ވެލެންސިޔާއަށް އެއް ޕޮއިންޓް ލިބިފައިވާ އިރު އެޓީމު އޮތީ ލީގުގެ ފުލުގައެވެ.

ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް ވެލެންސިޔާއަށް އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ އިރު ދެން އެންމެ އަވަހަށްވެސް އެޓީމު ބައްދަލުކުރަން ޖެހޭނީ މިވަގުތު ދެވަނައިގައި އޮތް މާޒިޔާއާއެވެ.

މާލޭ ލީގަށްފަހު ޕްރެމިއަ ލީގުން ފުރުސަތު ލިބިގެންދާނީ ދެ ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

- ކޮމެންޓް