ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 23:40
މިނިސްޓަރު އިރުތިޝާމް ޔޫތު ޓީމުގައި ހިމެނޭ ކުޅުންތެރިއަކަށް ޖާޒީ ހަވާލުކޮށްދެއްވަނީ
މިނިސްޓަރު އިރުތިޝާމް ޔޫތު ޓީމުގައި ހިމެނޭ ކުޅުންތެރިއަކަށް ޖާޒީ ހަވާލުކޮށްދެއްވަނީ
ރާއްޖެއެމްވީ
ނެޓްބޯލް
ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި
ޔޫތު ނެޓްބޯޅަ މުބާރާތް ކުރިއަށްދާނީ ކޮރެއާގައި
ޒުވާން ނެޓްބޯޅަ ޓީމުގައި 12 ކުޅުންތެރިން ހިމެނޭ
މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ދެ އަމްޕަޔަރުން ތަމްސީލްކުރާނެ

މެއި މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހިރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފިއެވެ.


ޔޫތު މިނިސްޓްރީގައި އާދިއްތަ ދުވަހު އޮތް ރަސްމިއްޔާތެއްގައި ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.

 

މި މުބާރާތުގައި ވާދަކުރާ ރާއްޖެ ޓީމުގެ ސްކޮޑުގައި ޖުމްލަ 12 ކުޅުންތެރިން ވަނީ ހިމަނާފައެވެ.

ރާއްޖެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ އައިމިނަތު ހަލީމެވެ. އަދި އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައި ވަނީ އައިޝަތު ލޫނާ މޫސާއެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން ވިދާޅުވީ މި މުބާރާތަށް ތައްޔާރުވާން މަދު ދުވަސްކޮޅެއް ލިބުނު ނަމަވެސް، ޓީމުގެ ކުޅުންތެރިން މި މުބާރާތަށް ތައްޔާރުވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ. އަދި މި މުބާރާތުގެ ޓާގެޓަކީ ރާއްޖޭގެ ރޭންކިންގ މަތިކޮށް މުބާރާތުގެ ރަނގަޅު ހިސާބަކަށް ދިޔުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ މަހުގެ 6 އިން 13 އަށް ދެކުނު ކޮރެއާގެ ޖިއޮންޖޫގައެވެ.

މުބާރާތުގައި އޭޝީއާގެ 10 ގައުމަކުން ވާދަކުރާނެއެވެ. އަދި މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ދެ އަމްޕަޔަރުންނަން ވަނީ ފުރުސަތު ލިބިފައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނީ ރިލްވާން އާދަމާއި ނަބީލް އިބްރާހިމަށެވެ. ރިލްވާން އާދަމަކީ މިދިޔަ އަހަރު އޮތް މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި އަމްޕަޔަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް