ކ. މާލެ
|
1 ފެބްރުއަރީ 2021 | ހޯމަ 13:39
މަޖީދީ މަގު، ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާތީ އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ
މަޖީދީ މަގު، ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާތީ އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ
ރާއްޖެ އެމްވީ
ކޮވިޑް-19ގެ ކޭސްތައް އިތުރުވުން
ހޯމަ ދުވަހުގެ މިހާތަނަށް 136 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ
ބަލި ކޮންޓްރޯލްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިންޖެހުން
ކަންބޮޑުވާ ވަރަށް ކޭސްތައް ދަނީ ފެންނަމުން
ވެކްސިން ރާއްޖެއަށް ލިބި، ވެކްސިންޖެހުމުގެ ޕްރޮގްރާމް ފެށިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް

ހޯމަ ދުވަހުގެ މިހާތަނަށް 136 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ވެކްސިންދިނުމުގެ ޕްރޮގްރާމްއާ ގުޅޭ ގޮތުން ރާއްޖެޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ކަމަށާއި، ހޯމަ ދުވަހުގެ މިހާތަނަށް 136 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަދަދުތައް އިތުރުވަމުންދާތީ ކަންބޮޑުވުންފާޅު ކުރައްވައި މިނިސްޓަރު ވިދާޅުވީ ބަލި ކޮންޓްރޯލްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިންޖެހުން ކަމަށެވެ. އަދި ވެކްސިން ރާއްޖެއަށް ލިބި، މި ޕްރޮގްރާމް ފެށިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޭސްތައް ވަރަށް މަދުވެފައި އޮތުމަށްފަހު ޖެނުއަރީ މަހުގެ މެދެއްހާ ހިސާބުން ކޭސްތައް އިތުރުވާން ފެށިއެވެ. އަދި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން 100ށް ވުރެ މަތިން ކޭސްތައް ދަނީ ރިޕޯޓުކުރެވެމުންނެވެ. އެގޮތުން ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް ބައެއް ފިޔަވަޅުތައް މިހާރު ވަނީ ހަރުކަށި ކޮށްފައެވެ.

- ކޮމެންޓް