ކ. މާލެ
|
31 ޖެނުއަރީ 2021 | އާދީއްތަ 21:58
އއ. މަތިވެރި، އެރަށުން ކޮވިޑުގެ ބަލިމަޑުކަން ފާހަގަވުމުންވަނީ އެ ރަށް މޮނިޓަރިންއަށްލާފައި
އއ. މަތިވެރި، އެރަށުން ކޮވިޑުގެ ބަލިމަޑުކަން ފާހަގަވުމުންވަނީ އެ ރަށް މޮނިޓަރިންއަށްލާފައި
ގޫގުލް
ކޮވިޑް-19
ކޮވިޑް-19: އެޗްޕީއޭގެ ހުއްދަނެތި އއ މަތިވެރިއަށް އަރާ ފޭބުން މަނާކޮށްފި
މަތިވެރިން ވަނީ ދެ ކުއްޖަކު ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައި
މިއަދުން ފެށިގެން މަތިވެރިއަށް އެއްވެސް މީހަކަށް އަރާ ފޭބުން މަނާ
ރަށަކުން ކޮވިޑުގެ ކޭސްއެއް ފެނިއްޖެނަމަ އެ ރަށެއް މޮނިޓަރިންއަށް ލެވޭ

ކޮވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އއ މަތިވެރިއަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަތިވެރި ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ވަނީ އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެއްވެސް މީހަކު ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މި އެންގުމުގައި ވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރި ކުރުމަށް "ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު (7/2012) ގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން، އެ ރަށަކީ، މޮނިޓަރ ކުރެވެމުންދާ ރަށެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި މޮނިޓަރކުރުމާ ގުޅިގެން އެ އެޖެންސީން އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި އެކަމުގައި މަތިވެރި ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ވެސް ވަނީ އަންގާފައެވެ.

މަތިވެރި މޮނިޓަރިންއަށް ލާފައި މިވަނީ އެރަށުގައި ހޯމް ކަރަންޓީނުވި ބަޔަކާ ކޮންޓެކްޓް ވެފައިވާ ދެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

- ކޮމެންޓް