ކ. މާލެ
|
30 ޖެނުއަރީ 2021 | ހޮނިހިރު 05:09
އެމެރިކާގެ ރައީސް ޖޯ ބައިޑެން
އެމެރިކާގެ ރައީސް ޖޯ ބައިޑެން
އޭއެފްޕީ
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ
ނަވަލްނީ ދޫކޮށްލަން ޕުޓިންގެ ކިބައިން ބައިޑެން އެދިއްޖެ
 
ނަވަލްނީ ހައްޔަރުކޮށް، 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައި
 
ނަވަލްނީ ދޫކޮށްލުމަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުން
 
ބައިޑެން ވަނީ ޕުޓިންއާއެކު އިތުރު ކަންކަމާ ބެހޭ މަޝްވަރާކުރައްވާފައި

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ދޫކޮށްލުމަށް ރައީސް ވްލަޑީމިއާ ޕުޓިންގެ ކިބައިން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެދިއްޖެއެވެ.

ވައިޓްހައުސްގެ ސްޕޯކްސްވުމަން ޖެން ވިދާޅުވީ، ރައީސް ބައިޑެން، ޕުޓިންއަށް ގުޅުއްވާ ނަވަލްނީ ދޫކޮށްލުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ އިންތިޚާބާ ބެހޭ ގޮތުންނާއި ޔުކްރެއިންގެ ސުލްޙައިގެ މައްސަލައާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ޖެން ވިދާޅުވިއެވެ.

މީގެ އިތުރުން ރަޝިޔާ ސަރުކާރާ މެދު ދެކިލައްވާ ގޮތާއި، ސަރުކާރުން އަމަލު ކުރަމުންދާ ގޮތާމެދު ރައީސް ބައިޑެން މަޝްވަރާ ކުރައްވާ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ވެސް ވައިޓްހައުސްއިން ވަނީ ހާމަކޮށްފައެވެ.

ނަވަލްނީ ދޫކޮށްލުމަށް ގިނަ ފަރާތްތަކުން ގޮވާލަމުން ދާއިރު އެމެރިކާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން މިކަމާ ގުޅިގެން ރަޝިޔާއަށް ޕްރެޝަރ ކުރަން ފަށާފައިވާއިރު ރައީސް ޖޯ ބައިޑެންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިސަރ ޖޭކް ސަލަވަންއާއި، ޔޫރަޕިއަން ކައުންސިލުގެ ރައީސް ޗާރލްސް މައިކަލްގެ އިތުރުން، ފްރާންސާއި އިޓަލީ ފަދަ ޤައުމުތަކުގެ ލީޑަރުން ވެސް ވަނީ ނަވަލްނީ ދޫކޮށްލުމަށް ގޮވައިލައްވާފައެވެ.

ސިއްޙީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު މި މަހުގެ 18 ވަނަ ދުވަހު އެނބުރި ރަޝިޔާއަށް ވަޑައިގަތުމާއެކު ނަވަލްނީ ހައްޔަރުކޮށްފައިވާއިރު، އެދުވަހުގެ ވަގުތެއްގައި ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

މިއާއެކު ނަވަލްނީގެ ސަޕޯޓަރުންވަނީ ނަވަލްނީ ދޫކޮށްލަން ގޮވާލައި ރަޝިޔާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާތަކުން 4،000ށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާއިރު ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ނަވަލްނަޔާ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ރަޝިޔާގެ ޕްރޮސެކިއުޓަރުންނާ ހަވާލާދީ ބީ.ބީ.ސީ.ން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަވަލްނީ ވަނީ ނަހަމުގޮތުގައި ފައިސާ ހޯދުމުގެ ކުށާ ގުޅިގެން ސަސްޕެންޑްކޮށް، އަދި ފިޔަވަޅު އަޅާފައިވާ މުއްދަތުގެ ތެރޭގައި ޕެރޯލް ގަވާއިދާ ޚިލާފު ވެސް ވެފައެވެ. ނަމަވެސް އެއީ ސިޔާސީ ތުހުމަތެއް ކަމަށް ނަވަލްނީ ތުހުމަތު ކޮށްފައިވެއެވެ.

އޭނާ ޕެރޯލް ގަވާއިދާ ހިލާފުވި މައްސަލައިގައި ފެބްރުއަރީ 15 ގެ ނިޔަލަށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 29 އަށް ވަނީ ތާވަލްކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ކުށުގައި އޭނާއަށް އިއްވާފައިވާ ތިން އަހަރުގެ ސަސްޕެންޝަން ޖަލު ހުކުމަކަށް ބަދަލުކުރުމާ މެދު އެ އަޑުއެހުމުގައި ގޮތެއް ނިންމާނެއެވެ.

ޖަރުމަނުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭސްފަރުވާ ހޯއްދަވެވުމަށްފަހު ގައުމަށް އެނބުރި ވަޑައިގެންނެވި ނަވަލްނީގެ ހާލުކޮޅު ސީރިއަސްވީ މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު ސައިބީރިއާއިން ފުރައިގެން ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދަތުރުކުރި ފްލައިޓްގައި އޭނާ ސައިފޮދު ހިއްޕެވި ފަހުންނެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެކަން ދިމާވީ އެއަރޕޯޓްގައި ބޭނުންކުރެއްވި ފެން ފުޅިއަށް އަޅާފައި ހުރި ވިހައެއްގެ ސަބަބުންނެވެ.

އުމުރުން 44 އަހަރުގެ އެލެކްސީ ނަވަލްނީއަށް މަޝްހޫރުކަން ލިބިގެން ދިޔައ،ީ 2012 ވަނަ އަހަރު ރައީސް ވްލަޑީމިއާ ޕުޓިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ބޭއްވި މުޒާހަރާތަކުގައި އޭނާ ދެއްވި ފޯރިގަދަ ތަގުރީރުތަކުގެ ސަބަބުންނެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
0%
0%
0%
50%
ކޮމެންޓް