ކ. މާލެ
|
29 ޖެނުއަރީ 2021 | ހުކުރު 22:33
ކޮވިޑްގެ ރޭންޑަމް ސާމްޕަލިންގ ނަގަމުން ދަނިކޮށް
ކޮވިޑްގެ ރޭންޑަމް ސާމްޕަލިންގ ނަގަމުން ދަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ޕޮޒިޓިވްވި މީހުންގެ އަދަދު ދަށެއް ނުވޭ، މިއަދުވެސް 118 މީހުން ޕޮޒިޓިވްވި
އަތޮޅުތެރެއިން 21 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައި
ރިސޯޓުތަކުން 10 މީހަކު ވަނީ ޕޮޒިޓިވްވެފައި

ފާއިތުވެދިޔަ 24 ގަޑިއިރު ދިވެހިރާއްޖެއިން 118 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު 06:00 އިން ފެށިގެން ހުކުރު ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް މާލެ ސަރަހައްދުން 2،902 މީހެއްގެ ސާމްޕަލް ނަގައިފައިވާ ކަމަށާއި، އަދި އޭގެ ތެރެއިން 118 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަހައްދުން 87 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރެއިން 21 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް 15،614 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ބަލިން ފަސޭހަވެފައިވަނީ 14،064 މީހުންނެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 1،492ށް އަރާފައިވާއިރު، 142 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ރާއްޖެއިން 51 މީހުން ވަނީ ނިޔާވެފައެވެ.

- ކޮމެންޓް