ތާޖް ކޮރެލް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)އިން ބުނީ އެ ރިސޯޓުގައި ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ 22:44 ހާއިރު ކަމަށެވެ.
އަދި މިހާދިސާއާ ގުޅިގެން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ޓީމުން އެ ރިސޯޓުގައި ހަރަކާތްތެރިވިއިރު، ރިސޯޓު މުވައްޒަފުން ވަނީ ރޯވި އަލިފާން ނިއްވާލާފައެވެ.
އެމް.އެން.ޑީ.އެފް.އިން ބުނީ މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.