ކ. މާލެ
|
28 ޖެނުއަރީ 2021 | ބުރާސްފަތި 09:06
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ސްކޮލަރޝިޕްގެ ފުރުސަތުތައް
ބުރުނާއީ ދާރުއްސަލާމް ގަވަރމެންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ބެޗްލަރސް ޑިގްރީއަށް ހުށަހެޅޭނީ 31 ޖުލައިގެ ނިޔަލަށް އުމުރުން 25 އަހަރަށް ވުރެ ދޮށީނޫން މީހުންނަށް
މާސްޓަރސް ޑިގްރީއަށް ހުށަހެޅޭނީ 31 ޖުލައިގެ ނިޔަލަށް އުމުރުން 35 އަހަރަށް ވުރެން ދޮށީނޫން މީހުންނަށް
07 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ކޯހަށް ކުރިމަތިލާން ޖެހޭ

ބުރުނާއީ ދާރުއްސަލާމް ގަވަރމެންޓް ސްކޮލަރޝިޕް 2021/2022ށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް (ޔޫ.ބީ.ޑީ)، ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފް ޢަލީ (ޔޫ.އެން.އައި.އެސް.އެސް.އޭ)، ޔުނިވަރސިޓީ ޓެކްނޮލޮޖީ ބުރުނާއީ (ޔޫ.ޓީ.ބީ) އަދި ޕޮލިޓެކްނިކް ބުރުނާއީ (ޕީ.ބީ)ގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ބެޗްލަރސް ޑިގްރީއާއި މާސްޓަރސް ޑިގްރީ ލެވަލްގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލާއިރު، ބެޗްލަރސް ޑިގްރީއަށް ހުށަހެޅޭނީ 31 ޖުލައި 2021 ގެ ނިޔަލަށް އުމުރުން 25 އަހަރަށް ވުރެ ދޮށީނޫން ފަރާތްތަކަށެވެ. އަދި މާސްޓަރސް ޑިގްރީއަށް ހުށަހެޅޭނީ 31 ޖުލައި 2021 ގެ ނިޔަލަށް އުމުރުން 35 އަހަރަށް ވުރެ ދޮށީނޫން ފަރާތްތަކަށް ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު، ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު، ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު ރާއްޖެއަށް ޚިދުމަތް ކުރަންޖެހޭ ކަމަށެވެ. އަދި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ލޯނު އަނބުރާ ދައްކައި ޚަލާސްކުރަންޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމާއި، ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ. އަދި މި ސްކޮލަރޝިޕާ ގުޅޭ އިތުރު މައުލޫމާތުhttp://www.mfa.gov.bn/Pages/bdgs2021.aspxން ލިބޭނެއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ސްކޮލަރޝިޕަށް ޝަރުޠު ހަމަވާ ދަރިވަރުންގެ އެޕްލިކޭޝަން ފޯމާއި އެހެނިހެން ޑޮކިއުމަންޓްތައް 15 ފެބްރުއަރީ 2021 ގެ ކުރިން ކަމާ ބެހޭ ފަރާތަށް އީމެއިލް ކުރުމަށް އަންގާނެ ކަަމަށެވެ. ކުރިމަތިލެވޭނީ އެންމެ ކޯހަކަށްކަން ފާހަގަކޮށް ހަޔަރ އެޑިޔުކޭޝަނުން ބުނީ އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެ ކަމަށެވެ.

07 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ކޯހަށް ކުރިމަތިލާން ޖެހެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީhttps://myedu.egov.mvޕޯޓަލް މެދުވެރިކޮށެވެ.

- ކޮމެންޓް