ކ. މާލެ
|
28 ޖެނުއަރީ 2021 | ބުރާސްފަތި 05:29
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައެއް މެންބަރުން
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައެއް މެންބަރުން
ޝުއައިބް މުހައްމަދު އިގްބާލް
ޖޭއެސްސީގެ ތަފާސް ހިސާބު
މިދިޔަ އަހަރު ޖޭއެސްސީން 54 މައްސަލައެއް ބަލާ ނިންމި
މިދިޔަ އަހަރު ފެށުނުއިރު، ނުނިމި 73 މައްސަލައެއް އެބަ އޮތް
މިދިޔަ އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހެޅި 41 މައްސަލައެއް މިހާރުވެސް ދަނީ ބަލަމުން

ފާއިތުވި 2020 ވަނަ އަހަރު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު ގިނަ މައްސަލަތަކުގެ ތެރެއިން 54 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

ޖޭއެސްސީއަށް ފާއިތުވި އަހަރު ހުށަހެޅުނު މައްސަލަތަކާއި، އޭގެ ތެރެއިން ބަލާ ނިމުނު މައްސަލަތައް އަދި ފާއިތުވި އަހަރު އެ ކޮމިޝަނުން ކުރެވިފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބު އާންމުކޮށްފައިވާ އިރު، މިދިޔަ އަހަރު ފެށުނުއިރު، އެ ކޮމިޝަންގައި ބަލާ ނުނިމި 73 މައްސަލައެއް އެބަ އޮތެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހެޅި 41 މައްސަލައެއް މިހާރުވެސް ބަލަމުންދާ އިރު، މި އަހަރު ފެށުނު އިރު ނުނިމި 60 މައްސަލަ އެބައޮތެވެ.

މިދިޔަ އަހަރު ކޮމިޝަނުން ބަލަމުން ދިޔަ 114 މައްސަލައެއްގައި 44 ތަހުގީގު ކޮމިޓީއަކުން މަސައްކަތް ކޮށްފައިވާއިރު، 9 ފަނޑިޔާރަކު ވަކި ކުރުމަށާއި، 2 ފަނޑިޔާރަކު ސަސްޕެންޑް ކުރަން އަދި 4 ފަނޑިޔާރަކަށް ނަސޭހަތް ދޭން ކޮމިޝަނުން ނިންމާފައިވާ ކަމަށް މި ތަފާސްހިސާބުން ދައްކައެވެ.

މިދިޔަ އަހަރު އެކި ކޯޓުތަކަށް 22 ފަނޑިޔާރަކު އައްޔަން ކޮށްފައިވާއިރު، އޭގެ ތެރޭގައި ސުޕްރީމް ކޯޓަށް 2 ފަނޑިޔާރުންނާއި، ހައި ކޯޓަށް 2 ފަނޑިޔާރުންނާއި، ސުޕީރިއާ އެހެން ކޯޓުތަކަށް 9 ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކަށް 9 ފަނޑިޔާރުން ހިމެނެވެ.

މިދިޔަ އަހަރުގެ ތެރޭގައި 4 ފަނޑިޔާރަކު ވަޒީފާއިން ރިޓަޔަރ ކުރައްވާފައިވާއިރު، 9 ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވާފައިވެއެވެ. އަދި ވަކިކުރަން ޖޭއެސްސީއިން ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެން 3 ފަނޑިޔާރަކު ވަކިކޮށްފައިވާ ކަމަށް ތަފާސް ހިސާބު ތަކުގައި ވެއެވެ.

- ކޮމެންޓް