ކ. މާލެ
|
28 ޖެނުއަރީ 2021 | ބުރާސްފަތި 07:53
ރ. އުނގޫފާރު ހޮސްޕިޓަލުގެ މަސައްކަތް އެލިޔާ ކުންފުންޔާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރ. އުނގޫފާރު ހޮސްޕިޓަލުގެ މަސައްކަތް އެލިޔާ ކުންފުންޔާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ރ. އުނގޫފާރު ހޮސްޕިޓަލް
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް އެލިޔާއާ ޙަވާލުކޮށްފި
މިއީ މާލެއަށް ބަރޯސާނުވެ ސިއްޙީ ޚިދުމަތްތައް އަތޮޅުތެރެއަށް މި ސަރުކާރުން ފުޅާކުރުމުގެ ވިސްނުމުގައި ކުރަމުން އަންނަ މަސައްކަތެއް

އަތޮޅުތެރޭގެ 5 ހޮސްޕިޓަލް ތަރައްގީކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން ރ. އުނގޫފާރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން މަސައްކަތް ކުރުމަށް އެލިޔާ ކޮންސްޓްރެކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލެވެ. އަދި އެލިޔާ ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަތޯ އަލީއެވެ.

މި ޕްރޮޖެކްޓްގެ ދަށުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި 10 ބެޑްގެ ފުލްފްލެޖް އީއާރް އަކާއި، 2 އޮޕަރޭޝަން ތިއޭޓަރާއި، ލެބޯޓްރީއަކާއި، ޕްރައިވެޓް ރޫމްސްއާއި، ރޭޑިއޮލަޖީ ޑިޕާޓްމަންޓް (2 އެކްސްރޭ ރޫމް، ސްކޭން ރޫމް، ސްކޭން ރޫމް) އާއި، ސީއެސްއެސްޑީ އާއި، 150 ކިލޯ ވޯޓުގެ ސޯލާ ހަރުކުރެވިގެންދާނެއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ މިއީ މާލެއަށް ބަރޯސާނުވެ ސިއްޙީ ޚިދުމަތްތައް އަތޮޅުތެރެއަށް މި ސަރުކާރުން ފުޅާކުރުމުގެ ވިސްނުމުގައި ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، އުންމީދަކީ މި މަސައްކަތް ނިންމަން ތާވަލުކޮށްފައިވާ ދުވަހަށް މަސައްކަތް ނިމި ޚިދުމަތް ދެވޭވަރުވުން ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އުނގޫފާރު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

މިއީ ސަރުކާރުގެ ބަޖެޓުން 72،190،246.91 (ހަތްދިހަ ދެމިލިއަން އެއްލައްކަ ނުވަދިހަހާސް ދުއިސައްތަ ސާޅީސް ހަ ރުފިޔާ ނުވަދިހަ އެއްލާރި) ޚަރަދުކުރާނެ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢު އެލިޔާއާ ހަވާލުކޮށްފައިވަނީ 239 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.

- ކޮމެންޓް