ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 21:42
އިޓަލީގެ ޕްރައިމް މިނިސްޓަރު ޖުސެޕް ކޮންޓީ
އިޓަލީގެ ޕްރައިމް މިނިސްޓަރު ޖުސެޕް ކޮންޓީ
ގެޓީ އިމޭޖަސް
އިޓަލީގެ ޕްރައިމް މިނިސްޓަރު އިސްތިއުފާދެއްވުން
އިޓަލީގެ ޕްރައިމް މިނިސްޓަރު ޖުސެޕް ކޮންޓީ މަގާމުން އިސްތިއުފާދެއްވައިފި
ޖުސެޕްވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކެބިނެޓް ބައްދަލުވުމެއް ބާއްވާފައި
ޕާލިމަންޓުގެ ތިރިގެއިން ޖުސެޕްއާއި އެއްކޮޅަށް ވޯޓު ލިބިފައިވޭ
ސެނެޓުގެ މެޖޯރިޓީއެއް ޖުސެޕްއަކަށް ލިބިފައެއް ނުވޭ

އިޓަލީގެ ޕްރައިމް މިނިސްޓަރ ޖުސެޕް ކޮންޓީ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އިޓަލީގެ ރައީސް ސަރްޖޯ މަޓަރެއްލާ ޖުސެޕްގެ އިސްތިއުފާގެ ސިޓީ ގަބޫލުކުރައްވާ، އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވާފައިވާއިރު ޖުސެޕް ވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކެބިނެޓް ބައްދަލުވުމެއް ބާއްވާފައެވެ.

ޖުސެޕް ކޮންޓީ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އިޓަލީގެ ގިނަ ރައްޔިތުންނެއް ވަނީ ޖުސެޕް މަގާމުގައި ހުންނަވާ ކޮވިޑް-19ގެ މި ހާލަތުގައި ކުރެއްވި މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މީގެ ކުރިން އިޓަލީގެ މަޖިލީހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި ޕާލިމަންޓުގެ ތިރިގެއިން ވަނީ ޖުސެޕްއާއި އެއްކޮޅަށް ވޯޓު ދީފައެވެ. ނަމަވެސް ސެނެޓުގެ މެޖޯރިޓީއެއް ޖުސެޕްއަކަށް ލިބިފައެއް ނުވެއެވެ.

އެކަށީގެންވާ މިންވަރަކަށް ރައްޔިތުންގެ ތަރުހީބު ޖުސެޕްއަށް ލިބެމުންދާނަމަ ރައީސް މަޓަރެއްލާއަށް ޖުސެޕް އައު ކޯލިޝަނެއް އުފެއްދުމަށް އެދެވިދާނެއެވެ.

އިޓަލީގައި ސިޔާސީ ހާލަތު ހަލަބޮލިވެފައިވާއިރު އެގައުމުގައިވެސް ކޮވިޑް-19 އަންނަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ. އެގޮތުން އެގައުމުން ކޮވިޑްޖެހިގެން 85،000ށް ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް