ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 08:58
އެގްރޯނެޓްއާއި އެސް.ޑީ.އެފް.ސީ.ގެ ބައްދަލުވުމުގެ ތެރެއިން
އެގްރޯނެޓްއާއި އެސް.ޑީ.އެފް.ސީ.ގެ ބައްދަލުވުމުގެ ތެރެއިން
ސޯޝަލް މީޑިއާ
ދަނޑުވެރިންނަށް މާލީ އެހީ
އެސް.ޑީ.އެފް.ސީ. މެދުވެރިކޮށް ދަނޑުވެރިންނަށް މާލީ އެހީ ހޯދުމަށް މަޝްވަރާކޮށްފި
މިހާރު ލޯން ނެގުމުގައި އިންޓްރެސްޓް ރޭޓް ބޮޑުވުމުން މިކަން ކުޑަކުރުމަށް ވަނީ ނިންމާފައި
އެގްރޯނެޓުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަނޑުވެރިން ބާރުވެރިކުރުމަށް މަސައްކަތް ކުރަމުން

އެސް.ޑީ.އެފް.ސީ. މެދުވެރިކޮށް ދަނޑުވެރިންނަށް މާލީ އެހީ ހޯދުމަށް މަޝްވަރާކޮށްފިއެވެ.

ދަނޑުވެރިކަމާ ބެހޭ ޤައުމީ ކުންފުނި އެގްރޯ ނެޝަނަލް ކޯޕަރޭޝަން، އެގްރޯނެޓުން ދަނީ އެކުންފުނީގައި ރަޖިސްޓަރީވެފައިވާ ދަނޑުވެރިންނަށް ފަހި މަގުތަކެއް ހަދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ލޯން ދޫކުރާ އެސް.އެމް.އީ. ފައިނޭންސް ކޯޕަރޭޝަން، އެސް.ޑީ.އެފް.ސީ.އާއެކު އެގްރޯނެޓުން މިވަނީ މަޝްވަރާތަކެއްކޮށްފައެވެ. މިކަން ހާމަކޮށް އެގްރޯނެޓުން ކުރި ޓުވީޓެއްގައި ވަނީ ކޮންޓްރެކްޓް ފާރމިންގ މަޝްރޫޢުގައި ބައިވެރިވާ ދަނޑުވެރިންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭ ގޮތުން އެސް.ޑީ.އެފް.ސީ. ގެ ވެރިންނާ އެކު ކޯޕަރޭޝަންގެ އިސްވެރިން މަޝްވަރާ ކޮށްފައިވާކަން ހާމަކޮށްފައެވެ.

އެގްރޯނެޓުން ބުނީ، އާންމު އުސޫލުން ކޮމާޝަލް ބޭންކަކުން ލޯނު ނަގާ ކަމަށްވާނަމަ އިންޓްރެސްޓް ރޭޓުތަކާއި، މުދާ ރަހުނުކުރުން ފަދަ ކަންކަން ހިމެނޭއިރު، ރަށްރަށުގައި ދަނޑުވެރިންނަށް އެއީ އެހާ ފަސޭހަ ގޮތަކަށް ނުވެދާނެ ކަމަށެވެ. އެހެން ކަމުން މިފަދަ މަޝްވަރާތަކާއެކު ދަނޑުވެރިންނަށް މާލީ އެހީތެރިކަން ހޯދުމާއި ލުއިގޮތްތަކެއް ފޯރުކޮށްދިނުމަށް ކުންފުނިން މަަސައްކަތް ކުރަމުންދާއިރު، މި މަޝްވަރާގެ ތެރެއިން އެކަން ފަހިވެގެންދާނެކަމަށެވެ. މިކަމުގެ އިތުރު ތަފްސީލެއް އެގްރޯނެޓުން ވެސް އަދި އެސް.ޑީ.އެފް.ސީ.އިން ވެސް ހާމަކޮށްފައެއް ނުވެއެވެ.

އެގްރޯނެޓުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ފުޅާކޮށް މި މަސައްކަތަކީ ފުދުންތެރި އާމްދަނީއެއް ލިބޭ މަސައްކަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮވިޑް-19ގެ ތެރޭގައި އެގްރޯނެޓްއިން މައިގަނޑު ގޮތެއްގައި މަސައްކަތް ކޮށްފައިވަނީ މާލެ ސަރަޙައްދުގައި، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކުރުމުގެ މަސައްކަތްތަކެއެވެ. ނަމަވެސް މަޑުމަޑުން ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން ގޮސްފައިވާތީ، މިހާރު އެގްރޯ ކުންފުނީގެ މަސައްކަތްތައް ދަނީ ފުޅާކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ދަނޑުވެރިންނާއެކު މަޝްވަރާ ކުރެވި، ހޮވާލެވިފައިވާ 80 ރަށުގައި ކޮންޓްރެކްޓް ފާރމިންގގެ އުސޫލްތައް ކަނޑައަޅާފައިވާ ގޮތާއި، އޭގެ މަޢުލޫމާތުތައް އެ ކުންފުނިން ދެމުންގެންދާ ކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ.

ކޮންޓްރެކްޓް ފަރމިންގެ ފުރުޞަތު އެންމެ ފުރަތަމަ ލ އަތޮޅަށް ހުޅުވާލައި މި މަސައްކަތް ފެށުމަށް ފަހު މިހާރު ވަނީ އިތުރު 11 ރަށަކަށް މިފުރުސަތު ހުޅުވާލާފައެވެ. މީގެއިތުރުން، އެގްރޯނެޓުން ވަނީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ 3 އަތޮޅުގައި ދަނޑުވެރިކަމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާކަން ވެސް ހާމަކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ހއ، ހދ އަދި ށ އަތޮޅުގެ ރަށްރަށުގައި ކޮންޓްރެކްޓް ފާމިންގެ މަސައްކަތްތަކުގެ އިތުރުން ރިސަރޗުގެ މަސައްކަތްތައް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް