ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 08:21
ޑރ. އަހުމަދު ފައިސަލް
ޑރ. އަހުމަދު ފައިސަލް
ރާއްޖެއެމްވީ
ލިޔެކިޔުން ނެތް ބިދޭސީން
ލިޔެކިޔުން ނެތް ބިދޭސީން ވެކްސިން ޕޯޓަލްގައި ރަޖިސްޓަރީވާނީ އިނގިލީގެ ނިޝާން ބޭނުންކޮށްގެން
ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ޖެނުއަރީ 18 ވަނަ ދުވަހު ވަނީ ހުޅުވައިލާފައި
މިފުރުސަތުގެ ދަށުން ދިވެހިންނާއި ބިދޭސީން ވެސް ރަޖިސްޓްރީވާންޖެހޭ

ލިޔެކިޔުން ނެތް ބިދޭސީން ވެކްސިން ޕޯޓަލްގައި ރަޖިސްޓަރީވެ، މަޢުލޫމާތު އެއްކުރާނީ އިނގިލީގެ ނިޝާން ބޭނުންކޮށްގެން ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ކޮވިޑް-19ގެ ވެކްސިން ރާއްޖެއަށް ލިބޭނެކަން ޔަޤީންވި ހިސާބުން މި ބަލީގެ ވެކްސިން ޖަހާނެ މީހުން ރަޖިސްޓަރީވުމަށް ވަނީ ފުރުސަތު ހުޅުވައިލާފައެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އަހުމަދު ފައިސަލް ވަނީ ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޖެނުއަރީ 18 ވަނަ ދުވަހުން ފެށިގެން ހުޅުވައިލާފައިވާއިރު ދުވާލެއްގެ މައްޗަށް އެއް ހާހެއްހާ މީހުން މި ޕޯޓަލްގައި ރަޖިސްޓަރީވަމުންދާކަމަށް ވިދާޅުވެފައެވެ. މި ޕޯޓަލްގައި މީހުންގެ މަޢުލޫމާތު ސްޓޯރކުރަނީ އައި.ޑީ.ކާޑު ނަންބަރުންކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. ރާއްޖޭގައި ބިދޭސީން ހިމެނޭހެން ކޮވިޑްގެ ވެކްސިންދިނުމަށް ހަމަޖެހިފައިވާތީ މި ޕޯޓަލްގައި ބިދޭސީން ވެސް ރަޖިސްޓަރީވާން ޖެހޭނެކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މިކަމަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި އެކި ޕްރޮގްރާމްތައް ހިންގާ ޓްރެއިނިންގް އޮފް ޓްރެއިނާސްގެ ބުރެއް ވެސް ނިންމާލާފައިވާކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. ބިދޭސީންގެ މަޢުލޫމާތު އެއްކުރާއިރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސައްޙަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީން ރާއްޖޭގައި ގިނަވުންކަން ފާހަގަކުރައްވައި، ޑރ. ފައިސަލް ވަނީ މިފަދަ ފަރާތްތަކުގެ މަޢުލޫމާތު އައި.ޑީ. ކާޑު ނުވަތަ ވޯކް ވިސާގެ ބަދަލުގައި ފިންގަރ ޕްރިންޓް ސްޓޯރކޮށްގެން އެއްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެކަމަށް ޑރ. ފައިސަލް ވިދާޅުވުއެވެ.

އަޅުގަނޑުމެން ޕޯޓަލް ފަރުމާކޮށްފައިވާނީ ވެރިފިކޭޝަންއާއި ޑާޓާގެ ސައްޙަކަން ކަށަވަރުކުރެވޭ ގޮތަށް. އެގޮތުން އައި.ޑީ.ކާޑު ނަންބަރުން ޑޭޓާ ސްޓޯރކުރެވޭނީ. ލިޔެކިޔުން ނެތް ބިދޭސީންގެ މައްސަލަ ދެން ދިމާވާނީ. އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ފިންގަރ ޕްރިންޓުން ސްޓޯރކުރަން ވިސްނާފައިވަނީ. މިކަމުގެ އަދި މާގިނަ ތަފްސީލެއް މިވަގުތު ލިބިފައެއް ނެތް.
ޑރ. އަހުމަދު ފައުސަލް

ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާޙް އަބްުދުﷲ މާހިރު ވެސް ވަނީ ވެކްސިންއާ ބެހޭ ސައްޙަ މަޢުލޫމާތު ލިބިގަނެ، ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ގޮވައިލައްވާފައެވެ. ރަޖިސްޓްރޭޝަންގެ މަސައްކަތް އަވަސްކުރެވުނުހާ އަވަހަކަށް ގިނަ ރައްޔިތުންތަކަކަށް އަވަސް މުސްތަޤުބަލެއްގައި ވެކްސިން ޖެހޭނެކަމަށް ސްޓޭޓް މިނިސްޓަރ ޑރ. ޝާޙް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވަނީ ރަޖިސްޓަރީވާއިރު ދިރިއުޅެމުންދާތަނުގެ މަޢުލޫމާތު ދޭންޖެހޭއިރު، އިންތިޚާބުތައް ފަދައިން ވެކްސިންދޭއިރުގައި ވެސް ވެކްސިން ޖަހާތަން ބަދަލުވެއްޖެނަމަ އެކަން ޕޯޓަލްގެ ތެރެއިން އެޑިޓްކޮށްލެވޭނެ ކަމަށެވެ.

މި ޕޯޓަލްއަކީ ވަރަށް ފަސޭހައިން ރަޖިސްޓަރީ ވެވޭ ޕޯޓަލްއެއް. މި ޕޯޓަލްގައި އަމިއްލަ މަޢުލޫމާތާއި އުޅޭ ސަރަހައްދު ޖެހުމުން އަޅުގަނޑުމެން ކަނޑައަޅާފައިވާ ކްރައިޓީރިއާތަކަށް ބެލުމަށްފަހު އެސް.އެމް.އެސް ކުރާނެ ވެކްސިން ޖަހަން އަންނަން ވީމަ. އަދި އައުމުގެ ދުވަސްކޮޅެއް ކުރިން ގުޅާނެ ދިރިއުޅެނީ ހަމަ ރަޖިސްޓަރ ވެފައިވާ ތަނުގައިތޯ ޔަޤީންކުރަން. މިއީ ވެކްސިން އެންމެ ބޭނުން ޖެހިގައިވާ މީހުންނަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް.
ސްޓޭޓް މިނިސްޓަރ ޝާޙް އަބްދުﷲ މާހިރު

ލިޔެކިޔުން ނެތް ބިދޭސީން ވެކްސިން ޕޯޓަލްގައި ރަޖިސްޓަރީވެ މަޢުލޫމާތު އެއްކުރާނީ އިނގިލީގެ ނިޝާން ބޭނުންކޮށްގެންކަން ހާމަކޮށްފައިވާއިރު، މިގޮތަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ގިނައެވެ. ކޮވިޑްގެ ކުރިންނާއި ކޮވިޑްގެ ތެރެއިން ވެސް ދިވެހި ސަރުކާރުން ވަނީ މިފަދަ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ފަދަ ފަރާތްތައް ޤައުމަށް އަނބުރާ ދިއުމުގައި އެހީވުމާއި، ޤަވައިދުގެ ތެރެއަށް ވައްދާ ރީ-ރަޖިސްޓަރީވުމުގެ ބޮޑު ހަރަކާތެއް ވެސް ގަލޮޅު ދަނޑުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

- ކޮމެންޓް
26 ޖެނުއަރީ 2021 | އަންގާރަ 08:43
ދިވެހި މީހާ
ލިޔެކިޔުން ނެތް މީހުން ބޭރުކޮަަައްލަބަލަ