ކ. މާލެ
|
25 ޖެނުއަރީ 2021 | ހޯމަ 18:59
ސިފައިންގެ ބޭކަލުންނަށް މަގާމުގެ ކުރިއެރުން ދެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން
ސިފައިންގެ ބޭކަލުންނަށް މަގާމުގެ ކުރިއެރުން ދެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން
އެމްއެންޑީއެފް
ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުން
ސިފައިންގެ ހަތަރު އޮފިސަރަކަށް މަޤާމުގެ ކުރިއެރުން ދެއްވައިފި
ސިފައިންގެ ބޭކަލުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ
ހަތަރު ކާނަލުންގެ މަގާމު ވަނީ ބްރިގޭޑިއަރ ޖެނެރަލް މަގާމަށް ބަދަލުކޮށްފައި

ސިފައިންގެ ސީނިއަރ ހަތަރު އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލްގެ މަގާމް ދެއްވައިފިއެވެ.

މި ހަތަރު އޮފިސަރުން ކުރިން ތިއްބެވީ ކާނަލް ރޭންކުގައެވެ.

ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ހޯމަ ދުވަހު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކާނަލް ރޭންކުގައި ތިއްބެވި ސީނިއަރ ހަތަރު އޮފިސަރުން ކަމުގައިވާ މުޙައްމަދު ޝަރީފްއާއި، އިސްމާޢީލް ޝަރީފްއާއި، ޢަބްދުﷲ ޒުހުރީ އަދި ޢަބްދުލް މަތީން އަޙްމަދަށް ބްރިގޭޑިއަރ ޖެނެރަލް މަޤާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އަދި މި ހަތަރު އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ. އަދި، މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

- ކޮމެންޓް