ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 07:53
މަސްތުވާތަކެތީގެ މި މައްސަލައިގައި، މީހުން ހައްޔަރުކުރި ކަމަށް ބެލެވޭ ދޯނި
މަސްތުވާތަކެތީގެ މި މައްސަލައިގައި، މީހުން ހައްޔަރުކުރި ކަމަށް ބެލެވޭ ދޯނި
ޓްވިޓަރ
ޑްރަގް ނެޓްވޯކް
61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިސްމީހާ ބަންދުން ދޫކޮށްލުމުން އިސްތިޢުނާފުކުރަން ނިންމައިފި
މިމައްސަލައަކީ މިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައި 61 ކިލޯގެ މަސްތުވާތަކެއްޗާއެކު 11 މީހަކު ހައްޔަރުކުރި މައްސަލަ
މ. ބޮއިލިންގފިޝް، އަޙްމަދު ވިސާމަކީ މި ނެޓްވޯކްގެ އިސްމީހާކަމަށް ތުހުމަތުކޮށްފައިވޭ
ކޯޓުން ވިސާމް ދޫކޮށްލިއިރު، ދެން ތިބި 10 މީހުން ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައި، އަދި އެމީހުންގެ މައްޗަށް ދަޢުވާ ވެސް ވަނީ އުފުލާފައި

މިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައި، ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަތް 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތު ކުރެވޭ އިސްމީހާ ބަންދުން ދޫކޮށްލުމުން އިސްތިޢުނާފުކުރަން ނިންމައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، "އިރުއަލިމަސް" ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި ގާތްގަނޑަކަށް 61 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މ. ބޮއިލިންގފިޝް، އަޙްމަދު ވިސާމް ބަންދުން ދޫކޮށްލުމަށް 24 ޖަނަވަރީ 2021 ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ، މި މައްސަލައިގައި އަޙްމަދު ވިސާމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ކަމަށާއި، އަދި މި މައްސަލާގައި ވިސާމް ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ކޮށްފައިވާނެ ކަމަށެވެ.

މީގެއިތުރުން ޝަފީއު ވިދާޅުވީ، މަސްތުވާތަކެތީގެ މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެންތިބި މީހުން ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައި ކަމަށެވެ. އަދި ވިސާމްއަކީ މަސްތުވާތަކެތީގެ މި ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ ޢަމަލު ހިނގުމުގައި އެންމެ އިސްކޮށްހުރީ އަޙްމަދު ވިސާމްކަމަށް އިންޓެލިޖެންސްއަށް މަޢުލޫމާތު ލިބިފައިވާކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ބޮޑު އެ އޮޕަރޭޝަން ހިންގައި، މަސްތުވާތަކެއްޗާއެކު 11 މީހުން ހައްޔަރުކުރީ މިދިޔަ އަހަރުގެ މާރޗު މަހުގެ 26 ވަނަ ދުވަހު އެވެ. އަދި އެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުން ހޯދި އެވެ.

ޕީޖީ އޮފީހުން އެ 11 މީހުންގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިއަ މޭ މަހު އެވެ.

- ކޮމެންޓް
26 ޖެނުއަރީ 2021 | އަންގާރަ 13:54
ޢާދަނުބެ
ސީޕީ އަކަށް ހުންނަމީހަކަށް ރުފިޔާ އަޅާ ލީމަ ތިކަން ނިމޭނެ އެހާވެސް ފަސޭހަ ވާނެ މިރާ އްޖޭގަ ތި ކަހަލަ ކަންކަން ކުރަން ރުފިޔާ ކޮޅެ އް ބޭނުންވާނީ