ކ. މާލެ
|
22 ޖެނުއަރީ 2021 | ހުކުރު 05:14
ސެރަމް އިންސްޓިޓިއުޓްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި
ސެރަމް އިންސްޓިޓިއުޓްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި
އީޕީއޭ
ސެރަމް އިންސްޓިޓިއުޓްގައި ހިނގި އަލިފާނުގެ ހާދިސާ
ސެރަމް އިންސްޓިޓިއުޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހުން މަރުވެއްޖެ
 
ދެ ވެކްސިން މީހުންގެ ގަޔަށް ޖެހުމުގެ މަސައްކަތް އިންޑިއާއިން ވަނީ ފަށާފައި
 
ކޮވިޝިލްޑް އަކީ އިންޑިއާގައި ބޭނުން ކުރަން ހުއްދަ ލިބިފައިވާ ދެ ވެކްސިންގެ ތެރެއިން އެއް ވެކްސިން
 
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވޭ

ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހުން މަރުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އަދަރު ޕޫނަވާލާ ޓްވީޓް ކުރައްވާ ވިދާޅުވީ މި ހާދިސާއާ ގުޅިގެން އެތަނުގެ ފަސް މީހަކު މަރުވެފައިވާކަމަށެވެ. އަދަރު ވަނީ އޭނާގެ ޓްވީޓްގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

އަދަރު އިތުރަށް ވިދާޅުވީ އިނގިރޭސިވިލާތުގެ އެ އިންސްޓިޓިއުޓުން އުފައްދަމުން އަންނަ އެސްޓްރާޒެނެކާގެ ކޮވިޑް-19ގެ ވެކްސިން އުފެއްދުމަށް މި ހާދިސާގެ ސަބަބުން ބުރޫއެއް ނާރާނެ ކަމަށެވެ.

އެސްޓްރާޒެނެކާގެ ކޮވިޑް-19ގެ ވެކްސިން ނުވަތަ ކޮވިޝިލްޑް އަކީ އިންޑިއާގައި ބޭނުން ކުރަން ހުއްދަ ލިބިފައިވާ ދެ ވެކްސިންގެ ތެރެއިން އެއް ވެކްސިނެވެ. އަދި އެ ދެ ވެކްސިން މީހުންގެ ގަޔަށް ޖެހުމުގެ މަސައްކަތް އިންޑިއާއިން މިހާރު ފަށާފައިވާއިރު އޮގަސްޓު މަހުގެ ނިޔަަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަކީ އެގައުމުގެ އަމާޒެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް