މިދިޔަ އޮކްޓޯބަރު މަހު އެމް.އެން.އެން އޮންލައިން ނޫހުގައި، ޝާއިއުކުރި ދޮގު ޚަބަރަކާ ގުޅިގެން މާފަށް އެދުމަށް ގޮވާލައިފިއެވެ.
މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމް.އެން.އެން) ޝާއިޢުކޮށްފައިވާ އާޓިކަލްއަކާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިޔާ ކައުންސިލްއަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެމް.އެމް.ސީގެ ރައީސް ޝަހުބާން ފަހުމީއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ 22 އޮކްޓޯބަރ 2020 ގައި "އެމްއެންއެން އެކްސްކްލޫޒިވް: ސިޓީ ހޯލް-ޑެލްޓާ އޮފް ކޮރަޕްޝަން"ގެ ނަމުގައި ލޮޔެފައިވާ ލިޔުމެއްގައި ފަޒްނާ އަޙްމަދާ ބެހޭގޮތުން، ކަނޑައެޅިގެން ދޮގު ވާހަކަ، ޝާއިޢު ކޮށްފައިވާ މައްސަލައިގައި، "ޞުލްޙަވެރި ޙައްލެއްގެ" ގޮތުގައި ހުށަހަޅާނެ ކަންކަން ވަނީ ބަޔާންކޮށްފައެވެ.
ފަޒްނާގެ ވަކީލު ފޮޮނުވި ސިޓީގައި ވަނީ އެމް.އެން.އެންއިން އާޓިކަލް ޝާއިޢުކުރިފަހުން، ފުޓް ނޯޓެއްގައި ކަންކަން އިޞްލާޙުކޮށްފައިވާކަން ފާހަގަކޮށްފައެވެ. މިގޮތުން، ފަޒްނާ އަޙްމަދާ މެދު ލިޔެފައިވާ ވާހަކަތައް މުސްތަޤިއްލު ގޮތެއްގައި ވެރިފައިކޮށްފައި ނުވާނެކަމަށް އެ ފުޓްނޯޓުގައި ބަޔާންކޮށްފައި ވާކަމަށް ވަނީ ބުނެފައެވެ. މިފަދަ ފިޔަވަޅަކުން ފަޒްނާ އަހުމަދުގެ ވަކީލު ވަނީ އާޓިކަލްގެ މުވާލާތް ކެނޑުނުފަހުން ފުޓްނޯޓެއްގައި އެއީ ތެދަށް ނުވެދާނެކަން ބަޔާންކޮށްގެން ނުފުދޭކަމަށެވެ.
މީގެއިތުރުން އެމް.އެން.އެން.އިން އާޓިކަލްގައި ހުރި ކަންކަން އެއީ ތެދުތޯ ނުވަތަ ނޫންތޯ އެނގޭނެ މީހަކު ނެތްކަމަށް ބުނެފައި ވާއިރު، މިއީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.
އެމް.އެން.އެން އިން ޝާއިޢުކޮށްފައިވާ އާޓިކަލްގައިވާ މަރްޔަމް ފަޒްނާ އަޙްމަދުގެ ފޮޓޯ އާއި އެ ކަމަނާއާ ބެހޭގޮތުން ޝާއިޢުކޮށްފައިވާ އެންމެހާ ނައްޞުތައް އާޓިކަލްއިން އުނިކުރުމަށް އޭނާ ވަނީ އެދިފައެވެ. މި އާޓިކަލްއާ ގުޅިގެން މަރްޔަމް ފަޒްނާ އަޙްމަދު އަރިހުން މަޢާފަށް އެދި މޯލްޑިވްސް ނިއުސް ނެޓްވޯކް އެމް.އެން.އެންގެ ފަރާތުން، އެކަން އާންމުކޮށް އިޢުލާނުކުރުމަށް އެމްއެމްސީގެ ފަރާތުން ފަޒްނާގެ ވަކީލު ވަނީ އެދިފައެވެ.