ކ. މާލެ
|
20 ޖެނުއަރީ 2021 | ބުދަ 13:13
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސްގެ ޚިތާބު
ވެކްސިންއާ ގުޅޭގޮތުން ރައީސް ޤައުމާ މުޚާޠަބުކުރައްވަނީ
ރައީސްގެ ޚިތާބު ޕްރެސިޑެންސީ އެމްވީއިން ލައިވް ސްޓްރީމްކުރާނެ
އަވައްޓެރި އިންޑިއާގެ ކޮވިޑް ވެކްސިން މިއަދު ރާއްޖެއަށް ގެންނަން ވަނީ ހަމަޖެހިފައި
ރައީސް ޤައުމާ މުޚާތަބުކުރައްވާނީ މިއަދު މެންދުރުފަހު 2 ޖަހާއިރު

ކޮވިޑް-19ގެ ވެކްސިން ހޯދުމުގައި ރާއްޖެއިން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ޤައުމާ މުޚާތަބު ކުރައްވާނެކަން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް މިއަދު މެންދުރުފަހު 2 ޖަހާއިރު ކޮވިޑް-19ގެ ވެކްސިން ހޯދުމުގައި ރާއްޖެއިން ކުރާ މަސައްކަތްތަކުގެ ތަފްސީލާ ގުޅޭގޮތުން މުޚާތަބުކުރައްވާނެކަމަށެވެ. ރައީސްގެ ޚިތާބު ޕްރެސިޑެންސީ އެމްވީއިން ލައިވް ސްޓްރީމްކުރާނެކަމަށް މަބްރޫކް ހާމަކުރެއްވިއެވެ.

ކޮވިޑް ވެކްސިންއާގުޅޭގޮތުން ރައީސް ޤައުމާ މުޚާތަބުކުރައްވާއިރު، އަވަށްޓެރި އިންޑިއާގެ ކޮވިޑް ވެކްސިން މިއަދު ރާއްޖެއަށް ގެންނަން ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ޤައުމުން ބުދަ ދުވަހު ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން ބަޔާންކޮށްފައެވެ. އަދި ރާއްޖޭގެ އިތުރުން، ބޫޓާނާއި، ނޭޕާލް އަދި މިޔަންމާ ފަދަ ޤައުމުތަކަށް ވެސް އިންޑިއާގެ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީން ބުނީ، ވެކްސިން ޑެލިވަރުކުރުމުގެ ކުރިން އެކަމަށްޓަކައި ހިންގަންޖެހޭ އިދާރީ އަދި އޮޕަރޭޝަނަލް ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"އިންޑިއަން އެކްސްޕްރެސް"ގައި ރިޕޯޓްކޮށްފައިވާ ގޮތުން ބުދަ ދުވަހު ރާއްޖެއަށް އިންޑިއާގެ ވެކްސިން ލިބިގެން ދިއުމާއެކު، ރާއްޖެ ވެގެންދާނީ އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ޤައުމަށެވެ. އެގޮތުން މި ކަމަށްޓަކައި ދިވެހި ސަރުކާރުން ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިންޑިއާގެ ސަރުކާރުގެ އޮފިޝަލުންނާ ޙަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން އިންޑިއާއިން ފޯރުކޮށްދޭ ވެކްސިނަކީ އެ ޤައުމުގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ.

އޭގެއިތުރުން، އިންޑިއާއިން ފޯރުކޮށްދޭ ވެކްސިން ޖަހާނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްޙީ އޮފިޝަލުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވެސް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި އެއަރ އިންޑިއާގެ ފްލައިޓެއްގައި މިއަދު މެންދުރު 2:00 ގައި ރާއްޖެއަށް ވެކްސިން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެއެވެ.

- ކޮމެންޓް