އާގުބޯޓެއްގައި ހުރި ހާލުދެރަ ފަޅުވެރިއަކު ސިފައިންގެ އެހީތެރިކަމާއެކު އައްޑު ސިޓީއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން ބުނީ އެހީތެރިކަން ފޯރުކޮށްދިނީ އައްޑޫސިޓީގެ ދެކުނުން 311 ނޯޓިކަލް މޭލު ބޭރުކަނޑުން ދަތުރުކުރަމުންދިޔަ "އެމްވީ ފެންގް ލޫ" ނަމަކަށް ކިޔާ އާގުބޯޓްގައި ހުރި އުމުރުން 25 އަހަރުގެ އިންޑޮނޭޝިއާގެ ފިރިހެން ފަޅުވެރިއަކަށެވެ.
އެމްއެންޑީއެފް އިން ބުނީ ފަޅުވެރިއެއްގެ ހާލު ސީރިއަސްވެ ޞިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:45 ގައެވެ. ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު ބޯޓް މިއަދު ރާއްޖޭގެ ސަރަޙައްދާ ކައިރި ކުރުމުން އެމީހާ އައްޑޫ ސިޓީ ފޭދޫ އަށް ގެންގޮސްދިނީ ހޯމަ ދުވަހުގެ މެންދުރު 12:20 ހާއިރު ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ މީހާއަށް ފަރުވާދެމުން އަންނަނީ އައްޑޫ އިކްއޭޓޯރަލް ހޮސްޕިޓަލްގައި ކަމަށެވެ.