ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 20:01
ބިއުޓީ އެންޑް ދަ ބީސްޓް
ބިއުޓީ އެންޑް ދަ ބީސްޓް
ގޫގުލް
ބިއުޓީ އެންޑް ދަ ބީސްޓް
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ
ދެވަނަ ބައެއް ނެރޭގޮތަށް ހަމަޖެހުނު ކަމެއް  ޑިސްނީއިން ހާމަކޮށްފައެއް ނުވޭ

ވޯލްޓް ޑިޒްނީން މި އަހަރު ނެރުނު ކާމިޔާބު ފިލްމު "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ނެރެން ބޭނުން ކަމުގައި ވާނަމަ އެ ފިލްމުގައިވެސް ކުރީ ފިލްމުގައި އަދާކުރި ރޯލު އަދާކުރުމަށް ތައްޔާރަށް ހުރިކަމަށް އެމާ ވަޓްސަން ބުނެފިއެވެ.

ޑިޒްނީގެ މަޝްހޫރު ކާޓޫން ފިލްމަކަށް ހަދާފައި މި ފިލްމުގައި އެމާ ފެނިގެންދަނީ ފިލްމުގެ ލީޑު އެކްޓްރެސް، "ބެލް" ގެ ރޯލުންނެވެ.

އެހެން ނަމަވެސް "ބިއުޓީ އެންޑް ދަ ބީސްޓު"ގެ ދެވަނަ ބައެއް ނެރޭގޮތަށް ހަމަޖެހުނުކަމެއް ޑިސްނީއިން ހާމަކޮށްފައެއް ނުވެއެވެ.

"ބިއުޓީ އެންޑް ދަ ބީސްޓް" ވެފައި ވަނީ 2017 ވަނަ އަހަރުގެ އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ދުވަހު އެންމެ ބޮޑު ކާމީޔާބު ހޯދި ފިލްމު ތަކުގެ ތެރެއިން އެއް ފިލްމަށެވެ. އެމާ ވަޓްސަން ބެލްގެ ރޯލުން ފެނިގެންދާ މި ފިލްމުގެ އިތުރަށް މީގެ ކުރިން ސިނަމާތަކަށް އައިސްފައިވާ ޑިސްނީގެ ލައިވް އެކްޝަން ފިމްލުތައް ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން "އެލިސް އިން ވޮންޑަރލޭންޑް" އާއި، "މެލެފިސެންޓް" އަދި "ދަ ޖަންގަލް ބުކް" ވެސް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބީތަކެއް ހޯދާފައެވެ.

ބިއުޓީ އެންޑް ދަ ބީސްޓް ފިލްމި އުފެއްދުމަށް ހޭދަކޮށްފައިވަނީ 160 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން ވެސް ޑިސްނީ އިން އަންނަނީ "އަލާއްދީން"، "ޕިނޯކިއޯ" ގެ އިތުރުން "މުލާން" ފަދަ ކާޓޫންތަކުގެ ފިލްމުތަށް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް