ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 19:29
ސައިނާ(ކ) އަދި ޝްރައްދާ ކަޕޫރު
ސައިނާ(ކ) އަދި ޝްރައްދާ ކަޕޫރު
ގޫގުލް
ޝްރައްދާ ކަޕޫރު
ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ
ސައިނާ ނެހްވާލަކީ އެތައްބައެއްގެ މަޤުބޫލުކަން ހޯދާފައިވާ  ޒުވާނެއް

އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި އޭނާގެ ރޯލު ފިލްމީ ތަރި ޝްރައްދާ ކަޕޫރު ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ޝްރައްދާ ވަނީ ޓްވިޓާ މެދުވެރިކޮށް މިކަން އިއުލާންކޮށްފައެވެ. ސައިނާ ނެހްވާލަކީ އެތައްބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ޒުވާނެކެވެ.

ޝްރައްދާ ކަޕޫރު ކުޅޭ ފިލްމު ޕްރޮޑިއުސް ކުރާނީ އަމޮލް ގުޕްތާއެވެ. އޭނާ އަކީ "ތާރޭ ޒަމީން ޕަރް" ފަދަ ފިލްމްތައް ލިޔެ، "ސްޓޭންލީ ކޯ ޑައްބާ" އާއި "ހަވާ ހަވާއީ" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ފަރާތެވެ.

ޝްރައްދާ ކަޕޫރު މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ "ހާފް ގާލްފްރެންޑް" ޕްރޮމޯޓުކުރުމުގައެވެ.

ޝްރައްދާ ބުނެފައިވަނީ ސައިނާގެ ރޯލަކީ ވަރަށް ޗެލެންޖިން ރޯލެއްކަމަށާއި އޭނާއަށް ފަސޭހަ ފިލްމަކަށް ވެގެން ނުދާނެކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހުރި ހިތްވަރެއް މި ފިލްމުގައި ދައްކާނެ ކަމަށް ޝްރައްދާ ބުނެފައިވެއެވެ. އަދި ސައިނާގެ ރޯލް ސްކްރީންގައި ދައްކާލަން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވެފައި ހުރި ޝްރަދާ ބުނެފައިވަނީ އިންޑިއާގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލް ކުޅެން ލިބުމަކީ ބޮޑު ނަސީބެއް ކަމަށެވެ.

ޝްރައްދާ ދަނީ މީގެއިތުރުން މިއަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ހަސީނާ: އަ ކުއީން އޮފް މުމްބާއި" ގެ އެންމެ ފަހުގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިންމާލާފައެވެ. މި ފިލްމުގައި ޝްރައްދާ ކުޅޭނީ އަންޑަވޯލްޑް ޑޮން އެއްކަމަށްވާ ދާއޫދު އިބްރާހިމްގެ ދައްތަގެ ރޯލެވެ. ދާއޫދު އިބްރާހިމްގެ ރޯލުން ފެނިގެންދަނީ ޝްރައްދާގެ ބޭބެ ސިދްހާންތު ކަޕޫރެވެ. އެ ފިލްމަކީ އިންޑިއާގެ ގޭންގްސްޓާ ދާއޫދު އިބްރާހިމްގެ ދައްތަ ހަސީނާ ޕަރްކާރުގެ ހަޔާތުގެ ހަދާ ފިލްމެވެ.

- ކޮމެންޓް