ކ. މާލެ
|
16 ޖެނުއަރީ 2021 | ހޮނިހިރު 11:50
މާލެސިޓީގެ ބޮޑުތަކުރުފާނު މަގު، އުޑުމަތި ބަނަވެ ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން ރަނގަޅުވާނެ
މާލެސިޓީގެ ބޮޑުތަކުރުފާނު މަގު، އުޑުމަތި ބަނަވެ ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން ރަނގަޅުވާނެ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކެރީގެ އަސަރު ފޯރި ނަމަވެސް ރާއްޖޭގެ މޫސުން ރަނގަޅުވާނެ
ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ

ކެރީގެ އަސަރު ފޯރި ނަމަވެސް ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00ން އާދިއްތަ ދުވަހުގެ ހެނދުނު 10:00ށް، މެންދުރުފަހު ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރި ނަމަވެސް ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށެވެ.

- ކޮމެންޓް