ޕޮޒިޓިވް ކޭސްތަކެއް ފެނި މޮނިޓަރިންއަށް ލާފައިވާ ލ. ފޮނަދޫގެ ޙާލަތު އާންމު ޙާލަތައް ގެނެސްފިއެވެ.
ލ ފޮނަދޫއިން ކޯވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެރަށާއި އެރަށާއި އެއްފަސްވެފައިވާ ރަށްތައް މޮނީޓަރިންގެ ހާލަތައް ގެނެސްފައިވަނީ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުއެވެ. މިގޮތުން އެ އަތޮޅު ގަންވެސް ވަނީ މޮނީޓަރިންގެ ހާލަތައް ގެނެސްފައެވެ. ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ ލ. ފޮނަދޫން ކޮވިޑަށް ހަތަރު މީހަކު ޕޮޒިޓިްވެފައިވާކަމަށާއި، މި އެންމެނަކީވެސް ގއ. ދެއްވަދޫން އެރަށަށް ދަތުރުކުރި މީހުންކަމަށް އެޗްއީއޯސީން ބުނެއެވެ.
މި އެންމެން ކޮވިޑަށް ޕޮޒިޓިވިކަން އެނގުނީ ކޮވިޑްގެ އަލާމާތަކެއް ހުރެގެން އެ ބައްޔަށް ޓެސްޓްކުރުމުން ކަމަށް އެޗްއީއޯސީން ބުނެއެވެ.
ފޮނަދޫގެ ޙާލަތު އާންމު ޙާލަތައް ގެނެސްފައިވާކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ލ. ފޮނަދޫ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ އެ ރަށުގައި މޮނީޓަރިންގެ ޙާލަތު ބާއްވަން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް އެ އޭޖެންސީއަށް ނުފެންނަކަމަށް ބަޔާންކޮށްފައެވެ.
އެހެންކަމުން މިމަހުގެ 9 ވަނަ ދުވަހު އެރަށް މޮނީޓަރިންއަށް ގެނައުމަށް ފަހު މިހާރު އާންމު ޙާލަތައް ގެނެސްފައިވާކަމަށް އެޗްޕީއޭގެ ސިޓީގައި ވަނީ ބުނެފައެވެ.
ދެއްވަދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު ފޮނަދޫއަށް އައީ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. ރޯގާގެ އަލާމަތްތައް ފެނުމާއެކު ޑޮކްޓަރަށް ދައްކާ ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި، ޕޮޒިޓިވްކަން އެނގުނީ މިމަހުގެ 9 ވަނަ ދުވަހު ފޮނަދޫ ކައުންސިލުން ބުނެއެވެ. އިތުރު މީހަކު އެރަށުން ޕޮޒިޓިވް ނުވެއެވެ.