ކ. މާލެ
|
15 ޖެނުއަރީ 2021 | ހުކުރު 09:26
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންތަކެއް
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕް
ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށް
ކޯސް ކުރިއަށް ގެންދާނީ ބަންގްލަދޭޝްގައި
19 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭ

ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕް 2020/2021ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ އެމް.ބީ.ބީ.އެސްއިން 6 ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށާއި، ބީ.ޑީ.އެސްއަށް 1 ދަރިވަރަކަށް ޖާގަ ލިބޭނެ ކަމަށެވެ. އަދި ކޯސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބަންގްލަދޭޝްގައެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށާއި، މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށް ކަމަށެވެ.

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ ތެރެއިން ނޮމިނޭޓުވާ ދަރިވަރުން، މިނިސްޓްރީއިން ނޮމިނޭޓުވާކަން އެންގުމުން، އެޕްލިކޭޝަން ފީގެ ގޮތުގައި 70.00 ޔޫ.އެސް ޑޮލަރ މި ސްކޮލަރޝިޕް ދެއްވާ ފަރާތުން ކަނޑައަޅާފައިވާ ބޭންކް އެކައުންޓަށް ޓްރާންސްފަރ ކޮށް މިނިސްޓްރީއިން އެންގުމުން ޓީޓީ ކޮޕީ މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ސްކީމްގެ ދަށުން ފުރުސަތު ލިބޭ ދަރިވަރުންގެ ކޯސް ފީ ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ދަރިވަރުންނާ އެއްރޭޓަކުން ކަމަށާއި، ކޯސް ފުރިހަމަކުރެވޭނެ ޔުނިވަރސިޓީއާއި ކޮލެޖްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ކޯހަށް ކޮންމެ ކެނޑިޑޭޓަކު ވެސް ހުށަހަޅަންވާނީ އެންމެ ކޯހަކަށް ކަމަށާއި، ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، ކޯހާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވުން ނުވަތަ އެއާއި އެއްފެންވަރުގެ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށް ވެސް ވެގެން ނުވާނެ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަނުން ބުނީ ސްޓޫޑެންޓް ލޯނު ސްކީމަކަށް ނުވަތަ އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެނޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށާއި، ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ 19 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭ ކަމަށާއި، އެޕްލިކޭޝަން ހުށަހަޅާވާނީhttps://myedu.egov.mvޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އިތުރު މައުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓްwww.mohe.gov.mvއިންނާއި 3026947 /3026966 ނަންބަރު ފޯނުން ލިބޭނެ އެވެ.

- ކޮމެންޓް