ކ. މާލެ
|
15 ޖެނުއަރީ 2021 | ހުކުރު 04:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ކޮންޓެކްޓަކާއި ރައީސްއާއި ބައްދަލުވުން
ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކާއި ރައީސްއާއި ބައްދަލުވި
އެ ބައްދަލުވުން ކުރިއަށްދިޔައީ އެޗްޕީއޭ މިންގަނޑުތަކާއި އެއްގޮތަށް
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ ކޮންޓެއްގެ ކޮންޓެކްޓުންގެ ގޮތުގައި ނުބެލެވޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވި
މިހާތަނަށް ރާއްޖެއިން 14،325 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

މީޑިއާ ކައުންސިލުން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ވެފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވި މީހުންނަށް ބަލި ޖެހުމުގެ ރިސްކު ކުޑަކަމަށެވެ.

އަދި ރައީސް ސޯލިހާއި ބައްދަލުވިކަން އިނގިފައިވަނީ ބައްދަލުވުން ނިމުނު ފަހުން ކަމަށާއި ނަމަވެސް އެ ބައްދަލުވުން ކުރިއަށްދިޔައީ އެޗްޕީއޭ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވުމާއެކު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ ކޮންޓެއްގެ ކޮންޓެކްޓުންގެ ގޮތުގައިވެސް ނުބެލެވޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ އާންމު ހާލަތަށް ދިރިއުޅުން ގެންދެވޭނީ ވެކްސިން އާބާދީގެ ބޮޑު ބަޔަކަށް ދެވި އޭގެ ސަބަބުން ރައްކާތެރިކަމެއް ލިބޭ ހިސާބުން ކަމަށެވެ.

ވެކްސިން ލިބެންދެން ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު ދެވިފައިވާ ލުއިތަކާއެކު ކުރިއަށް ދިއުމަށް އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 14،325 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 13،463 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލީގައި 49 މީހަކު މަރުވެފައިވެއެވެ.

- ކޮމެންޓް
16 ޖެނުއަރީ 2021 | ހޮނިހިރު 09:51
ގަންޖާކުމާރު
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނައް ބަލި ނުޖެހޭނެއޭ ނުބުނޭތަ؟ ހުވާ މިބުނީ މިއޮތީ ބަލާވެރިކަމެއް.