ކ. މާލެ
|
14 ޖެނުއަރީ 2021 | ބުރާސްފަތި 18:59
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން އަލީއަށް ލިޔުން ހަވާލުކޮށްދެއްވަނީ
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން އަލީއަށް ލިޔުން ހަވާލުކޮށްދެއްވަނީ
އެމްއެންޑީއެފް
ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް
ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަގާމަށް އަދުނާން އަލީ ހަމަޖައްސަވައިފި
ޒިންމާ ބަދަލުކުރުމުގެ ގޮތުން ދެވޭ ސިލޭހަ ހަވާލުކުރައްވާފައިވޭ
މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޒޫމް މެދުވެރިކޮށް ބައިވެރިވެވަޑައިގެންނެވި
ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ އަށް ޚިދުމަތުގެ އައްޑަނަ ވަނީ ހަވާލުކޮށްފައި

އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމު ކަމުގައިވާ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަގާމަށް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން އަލީ ހަމަޖައްސަވައިފިއެވެ.

ބުރާސްފަތި ދުވަހު ބަންޑާރަކޮށީގައި މެންދުރުފަހު ބޭއްވި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަގާމު ހަވާލުކުރި ކަމުގެ ލިޔުން ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން އަލީއަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަހުމަދު ދީދީއެވެ. އަދި މިރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރ މާރިއާ އަޙްމަދު ދީދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ގޮތުން ދެވޭ ސިލޭހަ ހަވާލުކުރައްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ޒޫމް މެދުވެރިކޮށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. އަދި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަގާމުގައި ކުރިން ހުންނެވި ކޮމާންޑް ސާޖަންޓް މޭޖަރ އަހުމަދު އަބްދުﷲ އާއި، އެ މަގާމާ އަލަށް ހަވާލުވެލެއްވި ކޮމާންޑް ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ.

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ކުރިން އަދާކުރެއްވި ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ އަށް ޚިދުމަތުގެ އައްޑަނަ ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ޚިދުމަތުގެ އައްޑަނަ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

މި ރަސްމިއްޔާތުގައި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުން އަދި އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.

- ކޮމެންޓް