މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން 5 އަތޮޅަކަށް އަމާޒުކޮށް އެންޖީއޯ ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ވޯކްޝޮޕް ބޭއްވުމަށް ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ބުނެފިއެވެ.
ޔޫތް މިނިސްޓްރީއިން ބުނީ 5 އަތޮޅަކަށް އަމާޒުކޮށްގެން ގެންދާ މި ވޯކްޝޮޕް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ވޯކްޝޮޕް ކުރިޔަށް ގެންދާ ރަށުގެ މަދަނީ ޖަމިއްޔާއަކާއި ގުޅިގެން ކަމަށެވެ. އަދި ވޯކްޝޮޕް ބާއްވަން ބޭނުންވާ ޖަމިއްޔާއިން ވޯކްޝޮޕް ބޭއްވުމާއި، އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ދިނުމަށް ވަނީ ހުޅުވާލެވިފައި ކަމަށް ޔޫތް މިނިސްޓްރީއިން ބުނެއެވެ.
ވޯކްޝޮޕް ބާއްވާ ރަށާއި ތާރީޚް:
- ފުވައްމުލައް ސިޓީ (27 ޖަނަވަރީ 2021 އިން 30 ޖަނަވަރީ 2021 ނިޔަލަށް)
- ގދ މަޑަވެލި (03 ފެބުރުވަރީ 2021 އިން 06 ފެބުރުވަރީ 2021 ނިޔަލަށް)
- ބ. ދަރަވަންދޫ (10 ފެބުރުވަރީ 2021 އިން 13 ފެބުރުވަރީ 2021 ނިޔަލަށް)
- ރ. އުނގޫފާރު (17 ފެބުރުވަރީ 2021 އިން 20 ފެބުރުވަރީ 2021 ނިޔަލަށް)
- ޅ. ހިންނަވަރު (24 ފެބުރުވަރީ 2021 އިން 27 ފެބުރުވަރީ 2021 ނިޔަލަށް)
ޔޫތް މިނިސްޓްރީއިން ބުނީ މި ވޯކްޝޮޕް ބޭއްވުމަށް ޝައުގުވެރިވާ ފަރާތްތަކުންwww.youth.gov.mvވެބްސައިޓުން ފޯމު ނެންގެވުމަށްފަހު[email protected]މެއިލް އެޑްރެސްއަށް ޕްރޮޕޯސަލް ހުށަހެޅުމަށެވެ.