ކ. މާލެ
|
6 ޖެނުއަރީ 2021 | ބުދަ 20:11
އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސި މުޙައްމަދު މިހާދު
އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސި މުޙައްމަދު މިހާދު
މޯލްޑިވިއަން
އައިއޭއެސްގެ އެމްޑީއަކަށް މިހާދު
އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރަކަށް މިހާދު އައްޔަންކޮށްފި
2008ން 2012ށް އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު މިހާދު ފުރުއްވި
މިހާދު އެމްޑީއަކަށް ހަމަޖެއްސީ އެ މަގާމުގައި ހުންނެވި މުޙައްމަދު ރިޒުވީ މަގާމުން ވަކިކޮށް

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިންގ ޑިރެކްޓަރަކަށް މއ. މޮންޓްރިއަލް، މުޙައްމަދު މިހާދު އައްޔަންކޮށްފިއެވެ.

ސަރުކާރުގެ އިސްމަގާމުތައް ފުރުއްވާފައިވާ މިހާދު އައިލެންޑް އޭވިއޭޝަނުގެ އެމްޑީއަކަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބޯޑު މެންބަރެއްގެ ގޮތުގައެވެ.

އައިލެންޑް އޭވިއޭޝަނުގެ އެމްޑީއަކަށް މިހާދު އައްޔަންކުރުމާ ގުޅިގެން އެކުންފުނިން ވަނީ މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން މިހާދު ވަނީ 2008ން 2012ށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ފުރުއްވާފައެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައިވެސް ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މަގާމުވެސް ވަނީ ފުރުއްވާފައެވެ.

މިހާދު އައިލެންޑް އޭވިއޭޝަނުގެ އެމްޑީ މަގާމަށް އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި މުޙައްމަދު ރިޒުވީ މަގާމުން ވަކިކޮށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ނަން ފޮނުއްވުމާ ގުޅިގެންނެވެ.

- ކޮމެންޓް