ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 18:28
ބެގްރީސް ބްރޭންޑް - އޭޝިއާގެ މާކެޓުގައި ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ސީރިއަލް ބްރޭންޑެއް
ބެގްރީސް ބްރޭންޑް - އޭޝިއާގެ މާކެޓުގައި ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ސީރިއަލް ބްރޭންޑެއް
ރެޑްވޭވް
ބެގްރީސް ސީރިއަލް ރާއްޖޭގެ ބާޒާރަށް
ރެޑްވޭވުން ބެގްރީސް ސީރިއަލް، އޯޓްސް އަދި މުއެސްލީ ރާއްޖޭގެ ބާޒާރަށް ނެރެފި
މިއީ ސީރިއަލް އުފައްދާ ތައްޔާރުކުރުމުގެ 50 އަހަރުގެ ތަޖުރިބާހުރި އިންޑިއާގެ ކުންފުންޏެއްގެ ބްރޭންޑެއް
ހޯލްސޭލްކޮށް ނަންގަވާ ފަރާތްތަކަށްވެސް ހާއްސަ އަގުތަކެއްގައި ލިބެން އެބަހުރި
މުއެސްލީ އަކީ ރާއްޖޭގެ މާކެޓުގައިވެސް އެފަދަ ދެވަނައެއް ނުވާ ޕްރޮޑަކްޓަކްތަކެއް

އޭޝިއާގެ މާކެޓުގައި ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ސީރިއަލް ބްރޭންޑުގެ ގޮތުގައި މަޝްހޫރުވަމުން އަންނަ ބެގްރީސް ބްރޭންޑުގެ 36 އުފެއްދުމެއް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

ރެޑްވޭވުން ބާޒާރަށް ނެރެފައިމިވަނީ، ސީރިއަލް އުފައްދާ ތައްޔާރުކުރުމުގެ 50 އަހަރުގެ ތަޖުރިބާހުރި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ބެގްރީސް ކުންފުނީގެ އުފެއްދުމެވެ.

ދުނިޔޭގެ ފެންވަރުގައި ކޮލިޓީ ބެލުމަށް ބޭނުންކުރާ "FSSC 22000" އަދި "HACCP Halal" ގެ މިންގަނޑުތަކަށް ފެތިގެން މާކެޓު ކުރެވެމުން އަންނަ ބެގްރީސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މެޓީރިއަލް ގެނެވިގެން ތައްޔާރުކޮށްފައިވާ ބްރޭންޑެކެވެ. އެގޮތުން މި ބްރޭންޑުގެ އޯޓްސް އަދި މުއެސްލީ އަކީ ރާއްޖޭގެ މާކެޓުގައިވެސް އެފަދަ ދެވަނައެއް ނުވާ ޕްރޮޑަކްޓަކްތަކެކެވެ. މީގެ އިތުރުންވެސް އާންމުކޮށް މާކެޓުގައި ނުހުންނަ ޗިއާ ސީޑާއި ކުއިނޯވެސް ބެގްރީސްގެ ބްރޭންޑުން ލިބެންހުރެއެވެ.

ޕްރޮޓީން އާއި ފައިބާއިން ފައްކާކުރެވިފައިވާ ބެގްރީސްގެ ހުރިހާ ބާވަތަކީވެސް ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެއްވަވާ ބޭފުޅުންނަށް ހާއްސަ ބާވަތްތަކެކެވެ. އަދި ފުރިހަމަ ހެނދުނުގެ ނާސްތާއެއް ނަންގަވާ ބޭފުޅުންނަށް ޕްރޮޓީން އާއި ފައިބާއިން ފުރިހަމަ ކުރެވިފައިވާ ބާވަތެކެވެ.

ރެޑްވޭވުން ބެގްރީސް ރީޓެއިލްކޮށް ހެޔޮ އަގުތަކެއްގައި ލިބިގެންދާއިރު، ހޯލްސޭލްކޮށް ނަންގަވާ ބޭފުޅުންނަށްވެސް އެއަށްވުރެ ހާއްސަ އަގުތަކެއްގައި ރެޑްވޭވުގެ ފަރީދީމަގު ހޯލްސޭލް ފިހާރައިން ލިބިގެންދާނެއެވެ.

- ކޮމެންޓް