ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 19:39
މާޒިޔާގެ ކޯޗު ސެކުލޮވްސްކީ
މާޒިޔާގެ ކޯޗު ސެކުލޮވްސްކީ
އިމޭޖަސް.އެމްވީ
ސެކުލޮވްސްކީ ހޫނު ފެނަށް
ޔޫވީ މެޗު ލަސްކޮށް ނުދިނުމުން މާޒިޔާ ކޯޗު ރުޅިދަވެއްޖެ
މާޒިޔާ އޮތީ ދިވެހި ލީގުގެ އެއްވަނައިގައި
އޭއެފްސީ ކަޕް މެޗު މާޒިޔާ ކުޅޭނީ މެއި 3 ވަނަ ދުވަހު
ޔޫވީއާ ދެކޮޅަށް މާޒިޔާ ނިކުންނާނީ ހޮނިހިރު ދުވަހު

އަންނަ ހޮނިހިރު ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރާ މެޗު ލަސްކޮށްނުދިނުމުން މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ރުޅިގަދަވެއްޖެ އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮވްސްކީ ބުނީ އޭއެފްސީ ކަޕްގައި މޯހަން ބާގަންއާ ދެކޮލަށް މާޒިޔާ ކުޅޭ މެޗު ބޯމަތިވެފައި އޮއްވާ ޔޫވީއާ ދެކޮޅަށް ކުޅޭ މެޗު ތާވަލުކުރުމުން އުނދަގޫވާކަމަށެވެ.

ސެކުލޮވްސްކީ ބުނީ އޭނާ ބޭނުންވަނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ކަމަށާއި، އެގޮތުން ޔޫވީއާ ދެކޮޅަށް ކުޅޭ މެޗު ފަސްކުރުމުން މޯހަން ބާގަން މެޗަށް ވަގުތު ލިބޭކަމަށެވެ.

އެފްއޭއެމް އިން ފުރަތަމަ ނެރުނު މާލޭ ލީގުގެ ޝެޑިއުލް ބުނާ ގޮތުން މިހަފްތާ ތެރޭގައި ފުރަތަމަ ބުރު ނިމޭނެކަން ފާހަގަކުރަމުން ސެކުލޮވްސްކީ ބުނީ އެގޮތަށް އެކަންތައް ހިނގާފައިނުވާ ކަމަށާއި، އެކި ސަބަބުތަކާ ހުރެ ލީގުގެ ޝެޑިއުލްއަށް ހަތަރު ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވާ ކަމަށެވެ. މީގެއިތުރުން ސެކުލޮވްސްކީ ބުނީ ވޭތުވެދިޔަ ހުރިހާ މެޗެއްވެސް މާޒިޔާ އިން ގާތްގާތުގައި ކުޅެފައިވާއިރު އެއްވެސް ޝަކުވާއެއްކޮށްފައިނުވާނެ ކަމަށާއި، އެހެން ނަމަވެސް މޯހަން ބާގަން މެޗުގެ މުހިންމު ކަމުން އެގޮތަށް އެދިފައިވާއިރު، އެފްއޭއެމް އިން އެކަންތައް ކޮށްދީފައިނުވާ ކަމަށެވެ.

ޔޫވީ އަދި މާޒިޔާ މެޗު ފަސްކޮށްނުދިން ނަމަވެސް މާޒިޔާ އިން މެޗު ކުޅޭނެ ކަމަށާއި، މެޗަށް ނިކުންނާނީ ސީދާ މޮޅުވާން ކަމަށްވެސް ސެކުލޮވްސްކީ ވަނީ ބުނެފައެވެ.

އޭއެފްސީކަޕްގައި މޯހަން ބާގަން އަމިއްލަ ދަނޑުގައި ބަލިކޮށް މާޒިޔާ އިން ދެވުނު ބުރުގެ ފުރުސަތު ބޮޑުކޮށްފައި ވާއިރު، އެޓީމު ވަނީ ލީގުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ހިމެނޭ ގްރޫޕް އީ އަށް ބަލާއިރު، އެޓީމު ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ގްރޫޕްގެ ދެވަނައިގައެވެ. ގްރޫޕްގެ އެއްވަނައިގައި ތިން މެޗުވެސް ކާމިޔާބުކޮށްގެން އޮތީ ބެންގްލޫރު އެފްސީ އެވެ. މި ގްރޫޕުން ދެވަނަ ބުރަށް ދާނީ އެއްވަނަ ޓީމެވެ.

ހޮނިހިރު ދުވަހު ޔޫވީއާ ދެކޮޅަށް ނިކުތުމަށްފަހު، މާޒިޔާ އޭއެފްސީ ކަޕްގެ މެޗަށް އަމިއްލަ ދަނޑުގައި ނިކުންނާނީ އަންނަ ބުދަ ދުވަހު އެވެ. 

 

- ކޮމެންޓް