ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 14:23
ބޫމީގެ ޕޯސްޓަރެއް
ބޫމީގެ ޕޯސްޓަރެއް
ފޭސްބުކް
ބޫމީ
"ބޫމީ"ގެ ޝޫޓިން ނިންމާލައިފި
ޝޫޓިން ނިންމާލާފައިވަނީ މިދިޔަ އަންގާރަ ދުވަހު

ސަންޖޭދަތު އެނބުރި އަންނަ ފިލްމު ކަމަށްވާ"ބޫމީ" ގެ ޝޫޓިން ނިންމާލައިފިއެވެ. ޝޫޓިން ނިންމާލާފައިވަނީ މިދިޔަ އަންގާރަދުވަހުގައެވެ.

މި ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުންދަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހުގައެވެ. "ބޫމީ" ގައި ސަންޖޭ އެކްޓްކޮށްފައިވަނީ އޭނާގެ އެންމެ މޮޅު ޕާފޯމެންސްކަމަށް ފިލްމުގެ ޑައިރެކްޓަރ އޮމަންގް ކުމާރު ވަނީ ބުނެފައެވެ.

ސަންޖޭ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ދެހާސް ސާދަވަނަ އަހަރު ނިކުތް "ޕީކޭ" އިން ނެވެ.

ސަންޖޭ ވަނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ފިލްމުގެ ޝޫޓިން ކުރިއަށް ގޮސްފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި މިއީ އޭނާ އަށް އަނެއްކާވެސް ވަރަށް ބައިވަރު ކަންތައްތަކެއް ދަސްވެގެން ދިޔަ ތަޖުރިބާއެއް ކަމަށް ބުނެފައެވެ.

މި ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު ޕްރޮޑިއުސަރުން ކަމަށްވާ ބޫޝަން ކުމާރާއި ސަންދީޕް ސިންގް ވަނީ ސަންޖޭ ވަނީ ފިލްމުގެ ޝޫޓިން ފެށިގެން ނިމެންދެން އެއްވެސް ވަރުބަލި ކަމެއް ނެތި މަސައްކަތް ކޮށްފައި ކަމަށެވެ.

އަދި މިފިލްމުގެ ޝޫޓިން ދިޔަ ގޮތާއިމެދު ހިތްހަމަޖެހޭކަމަށް ބުނެފައެވެ.


"ބޫމީ" އަކީ ޖަޒުބާތުން ފުރިގެންވާ ބަދަލު ހިފުމުގެ ކަންތައްތަކެއް ފެނިގެންދާނެ ޑްރާމާ އެކެވެ. މި ފިލްމުގައު ބައްޕަ އަކާއި އަންހެން ދަރިފުޅުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުން  ފެނިގެންދާނެ އެވެ.
"ބޫމީ" ގައި ސަންޖޭގެ އަންހެން ދަރިފުޅުގެ ރޯލުން ފެނިގެންދަނީ އަދިތީ ރާއޯ ހައިދަރީ އެވެ.

 

- ކޮމެންޓް