އެންމެ ފުރަތަމަ ވެކްސިން ލިބޭ މީހުންގެ ތެރޭގައި އެމެރިކާގެ ކޮންގްރެސް މެމްބަރުން ހިމެނޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ފިޒީޝަނެއް ކަމަށްވާ ޑރ. ބްރަޔަން މޯނާހާން ކޮންގްރެސް މެމްބަރުންނަށާއި މުވައްޒަފުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކޮންގްރެސްއަށް ވަކި އަދަދަކަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށެވެ.
ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޯނެލް އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ސްޕީކަރ، ނޭންސީ ޕެލޯސީ ވިދާޅުވެފައިވަނީ މަދު ދުވަސްތަކެއްގެ ތެރޭގައި ވެކްސިން ޖައްސަވާނެ ކަމަށެވެ.
އެމެރިކާގައި މިހާރު ވަނީ ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވެކްސިން ޖެހުމަށް ހުއްދަ ދިނީ ހުކުރު ދުވަހުއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
