ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 05:04
އެމެރިކާގެ ހޮސްޕިޓަލެއްގައި ނަރުހުންތަކެއް ވާހަކަދައްކަނީ
އެމެރިކާގެ ހޮސްޕިޓަލެއްގައި ނަރުހުންތަކެއް ވާހަކަދައްކަނީ
ސީ.އެން.އެން
ކޮވިޑް-19 އެމެރިކާގެ ހާލަތު
އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 17 މިލިއަނަށް
 
ވައިރަސް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން
 
އަންނަ ހަފްތާގައި މޮޑާނާ ވެކްސިން އެމެރިކާގައި ޖަހަން ފަށާނެކަމަށް ބެލެވޭ
 
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 17 މިލިއަނަށް އަރާފައިމިވަނީ ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނިކޮށް

އެމެރިކާގައި މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމާމެދު ވާހަކަތައް ދެކެވެމުންދާއިރު އެގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 17 މިލިއަނަށް އަރައިފިއެވެ.

ބުރާސްފަތި ދުވަހު އެގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 17 މިލިއަނަށް އަރާފައިމިވަނީ ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނިކޮށެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަށް ވެކްސިނާއި ގުޅޭގޮތުން ލަފާދޭ ކޮމިޓީން ވަނީ މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބުރާސްފަތި ދުވަހު ހެނދުނު ބައްދަލުކޮށްފައެވެ. އަދި ބުރާސްފަތި ދުވަހުގެ މެންދުރު މޮޑާނާ ވެކްސިން ބޭނުންކުރުމާއި މެދު ގޮތެއް ނިންމުމަށް ވޯޓު ނަގާނެއެވެ.

އެޑްވައިޒަރީ ޕެނަލުން މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފިނަމަ މޮޑާނާ ވެކްސިންގެ ޝިޕްމަންޓްތައް އެމެރިކާއަށް ގެންނާނެއެވެ. ބެލެވޭ ގޮތުގައި އެފްޑީއޭއިން މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަދޭނެއެވެ. މިއާއެކު މޮޑާނާ ވެކްސިން ވެގެންދާނީ އެމެރިކާގައި އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދޭ ދެ ވަނަ ވެކްސިނަށެވެ.

މީގެއިތުރުން އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް ވެކްސިން ޖެހުމުގެ ކުރިން އެވެކްސިން ބޭނުންކުރުމުގެ ހުއްދަ ދޭންޖެހެއެވެ. ސީޑީސީގެ އެޑްވައިޒަރީ ޕެނަލް އިން ހޮނިހިރު ދުވަހު މިކަމާމެދު ގޮތެއް ނިންމުމަށް ބައްދަލުވާނެއެވެ. ބެލެވޭ ގޮތުގައި އަންނަ ހަފްތާތެރޭގައި މޮޑާނާ ވެކްސިން އެމެރިކާ ގައި ޖަހަން ފަށާނެއެވެ.

މިދިޔަ ހަފްތާތެރޭގައި ފައިޒަރ ވެކްސިން ޖަހަން ފަށާފައިވާއިރު މިހާރުވެސް އެތައް ސަތޭކަ ސިއްހީ މަސައްކަތްތެރިންނަކަށް ވަނީ އެވެކްސިން ދީފައެވެ. ވެކްސިން ދެމުން ގެންދިޔަނަމަވެސް އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުން އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަނެއްކޮޅުން އެމެރިކާގެ އެކިކަންކޮޅުތަކުން ހޮސްޕިޓަލްގެ ސްޓާފުން އަންނަނީ ވައިރަސް ޖެހިގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަށީގެންވާ މިންވަރަށް ފަރުވާ ނުދެވިދާނެކަމުގެ އިންޒާރު ދެމުންނެވެ.

އެމެރިކާގައި މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑްކޮށްފައި މިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އެދުވަހު 247،403 މީހުންނަށް ވައިރަސް ޖެހުނެވެ. މީގެއިތުރުން ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް ދެހާހަށްވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. ބުދަ ދުވަހު ވަނީ ރިކޯޑް މިންވަރަށް މީހުން މަރުވެފައެވެ. އެއީ 3656 މީހުންނެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ބުދަ ދުވަހާ ހަމައަށް 113،090 މީހުން ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައެވެ. އެއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ރިކޯޑްކުރި ދުވަސްވެސްމެއެވެ.

ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް އައު އަހަރާއި ކްރިސްމަސްއާ ދިމާކޮށް އަދިވެސް އަދަދުތައް މައްޗަށްދާނެއެވެ. އަނެއްކޮޅުން "ތޭންކްސް ގިވިންގ" އަށް އެއް ތަނުން އަނެއްތަނަށް ދަތުރުނުކުރުމަށް ސީޑީސީން އަންގާފައިވާއިރުވެސް 4 މިލިއަނަށްވުރެ ގިނަ މީހުން އެމެރިކާގެ އެއްތަނުން އަނެއްތަނަށް ދަތުރުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް