ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 21:58
އިނގިރޭސިވިލާތުގެ ސްކޫލެއްގައި ދަރިވަރުން ހެނދުނުގެ ނާސްތާ ނަގަނީ
އިނގިރޭސިވިލާތުގެ ސްކޫލެއްގައި ދަރިވަރުން ހެނދުނުގެ ނާސްތާ ނަގަނީ
ދި އިންޑިޕެންޑެންޓް
އިނގިރޭސިވިލާތުގެ ކުޑަކުދިންނަށް އެހީވުން
ޔުނިސެފުން އިނގިރޭސިވިލާތުގައި ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންދާ ކުޑަކުދިންނަށް އެހީވަނީ
 
30 ޖަމިއްޔާއަކަށް ގްރާންޓުތަކެއް ދިނުމަށް ވަނީ ނިންމާފަ
 
މިއީ އެ ޖަމިއްޔާގެ 70 އަހަރުގެ ދިގު ތާރީހުގައިވެސް މިގޮތަށް ނިންމި ފުރަތަމަ ފަހަރު

ކޮވިޑް-19ގެ ބަލިމަޑުކަމަކާއި ގުޅިގެން އިނގިރޭސިވިލާތުގައި ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންދާ ކުޑަކުދިންނަށް އެހީތެރިވުމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަން ފަންޑު (ޔުނިސެފް) އިން ފުރަތަމަ ފަހަރަށް ނިންމައިފިއެވެ.

މިއީ އެ ޖަމިއްޔާގެ 70 އަހަރުގެ ދިގު ތާރީހުގައިވެސް މިގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.

ޔުނިސެފުން ވަނީ އެ ޖަމިއްޔާގެ 'ފުޑް ޕަވަރ ފޯރ ޖެނެރޭޝަން ކޮވިޑް' އިނީޝިއޭޓިވްގެ ދަށުން 30 ޖަމިއްޔާއަކަށް ގްރާންޓުތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން ޔުނިސެފުން ގްރާންޓް ދިނުމަށް ނިންމާފައިވާ 'ސްކޫލް ފުޑް މެޓަރޒް' ޖަމިއްޔާ އިން ވަނީ 5 ސްކޫލަކަށް ސިއްހަތަށް ފައިދާހުރި 18،000 ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމަށް ނިންމާފައެވެ. ޔޫރޯ ނިއުސްއިން ރިޕޯޓުކޮށްފައިވާގޮތުގައި މީގެ ސަބަބުން 1800 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދެވޭނެއެވެ.

މާޗް މަހުގެ ތެރޭގައި އިނގިރޭސިވިލާތް ލޮކްޑައުން ކުރެވުނު ފަހުން އެގައުމުގެ ގިނަ އަދަދެއްގެ ކުޑަކުދިން ދަނީ ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންނެވެ. އަދި އެ ކުދިންގެ ތައުލީމަށް ވެސް ނޭދެވޭ އެތައް އަސަރެއް ކޮށްފައިވާއިރު ކާބޯތަކެތި ހޯދުމަށް އާއިލާތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ދަތިތަކެއް ކުރިމަތިވެފައެވެ.

ޔުނިސެފުން ދިނުމަށް ނިންމާފައިވާ ގްރާންޓުތަކުގެ ސަބަބުން ކޮވިޑާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޯށްދެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
100%
0%
0%
0%
0%
ކޮމެންޓް