ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 00:19
އިނގިރޭސި ގައުމީ ޓީމަށްވެސް ކުޅުނު ބާޓޮން
އިނގިރޭސި ގައުމީ ޓީމަށްވެސް ކުޅުނު ބާޓޮން
ގޯލް.ކޮމް
ބާޓޮން ސަސްޕެންޑުކުރުން
ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި
ބާޓޮން ވަނީ 30،000 ޕައުންޑުން ޖޫރިމާނާވެސް ކޮށްފައި
ބާޓޮން ސަސްޕެންޑުކުރީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން
ވޭތުވެދިޔަ 10 އަހަރުތެރޭ ބާޓޮން ވަނީ 1200 އަށްވުރެ ގިނަ ބެޓްކޮށްފައި

ބާންލީއަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ މިޑްފިލްޑަރު ޖޯއި ބާޓޮން ފުޓުބޯޅަ ހަރަކާތްތަކުން 18 މަސްދުވަހަށް ސަސްޕެންޑުކުރަން އިނގިރޭސި އެފްއޭ އިން ނިންމައިފިއެވެ.

އުމުރުން 34 އަހަރުގެ ބާޓޮން ސަސްޕެންޑުކުރަން ނިންމާފައިވަނީ އެފްއޭގެ ގަވައިދާ ހިލާފުވެ، ފުޓުބޯޅަ މެޗުތަކުގައި މަކަރުހެދި ކަމަށް އެއްބަސްވުމުން އެކަމުގެ އަދަބެއްގެ ގޮތުންނެވެ.

އެގޮތުން އެފްއޭ އިން ބުނީ 26 މާޗު 2006 ން ފެށިގެން 13 މޭއި 2016 ގެ ނިޔަލަށް މެޗުތަކުގެ ނަތީޖާ އަދި އެހެނިހެން ކަންކަމަށް ބާޓޮން 1،260 ބެޓު ކޮށްފައިވާކަން ސާބިތުވާ ކަމަށާއި، މިއީ އެފްއޭގެ އީ-އެއިޓް ގަވައިދާ ހިލާފު ކަމެއް ކަމަށެވެ.

މީގެއިތުރުން އިންޑިޕެންޑެންޓް ރެގިއުލޭޓަރީ ކޮމިޝަންގެ އަޑުއެހުމުގައި ބާޓޮން ސަސްޕެންޑުކުރުމުގެ އިތުރުން އޭނާ ވަނީ 30،000 ޕައުންޑުން ޖޫރިމާނާވެސް ކޮށްފައެވެ.

މިދިޔަ އަހަރު ސްކޮޓިޝް އެފްއޭ އިން ވެސް ވަނީ ބާޓޮންގެ މިފަދަ އަމަލަކަށް އޭނާ އެއް މެޗަށް ސަސްޕެންޑުކޮށްފައެވެ. އޭނާ ވަނީ މިދިޔަ އަހަރު ޖުލައި އެއްވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 44 ބެޓު ކުރިކަމަށްވެސް އެއްބަސްވެފައެވެ. އޭނާ މިގޮތަށް އެއްބަސްވެފައިވަނީ ކުރިން ކުޅުނު ކްލަބް ރޭންޖާޒްއަށް ބަދަލުވުމަށްފަހުއެވެ.

މިހާރު ބާންލީއަށް ކުޅެމުން އަންނަ ބާޓޮން ވަނީ ނިއުކާސަލް، މެންޗެސްޓާ ސިޓީ އަދި ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) ފަދަ ކްލަބްތަކަށް ކުޅެފައެވެ. މީގެއިތުރުން އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމަށްވެސް ކުޅެފައެވެ.

  

- ކޮމެންޓް