ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 18:12
ސައުދި އަރަބިއްޔާގެ ސިއްހަތާއި ބެހޭ ވަޒީރު ތައުފީގް އަލްރަބީޙް
ސައުދި އަރަބިއްޔާގެ ސިއްހަތާއި ބެހޭ ވަޒީރު ތައުފީގް އަލްރަބީޙް
ރޮއިޓަރސް
ސައުދީއަށް ކޮވިޑް ވެކްސިން ލިބުން
ސައުދީން އޯޑަރު ކުރި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބިއްޖެ
 
ސައުދީން ވަނީ އެ ގައުމުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް ހިލޭ ވެކްސިން ލިބޭނެ ކަމަށް ބުނެފައި
 
ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން ހުޅުވާލުމުން އެކަމަށް ބޮޑު ތަރުހީބެއް ލިބުން - ސިއްހަތާއި ބެހޭ ވަޒީރު ތައުފީގް
 
ސައުދީއިން ވަނީ އަންގާރަ ދުވަހު ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައި

ސައުދީ އަރަބިއްޔާއިން އޯޑަރު ކުރި ކޮވިޑް ވެކްސިން ޑޯޒްތަކުގެ ފުރަތަމަ ޝިޕްމަންޓް ބުދަ ދުވަހު ލިބިއްޖެ ކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވަޒީރު ތައުފީގް އަލްރަބީޙް ވިދާޅުވެއްޖެއެވެ.

ވެކްސިން ޝިޕްމަންޓް ލިބުނުކަން ހާމަކުރައްވާ ތައުފީގް ވިދާޅުވީ މިއީ ކޮވިޑްގެ ނުރައްކާތެރި ހާލަތުން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ދިޔުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ވީއެންމެ އަވަހަށް ބެހުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް ތައުފީގް ވިދާޅުވިއެވެ.

ސައުދީއިން ވަނީ އަންގާރަ ދުވަހު ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައެވެ. އެއާއިއެކު 100،000 އަށްވުރެ ގިނަ މީހުން ވަނީ ގަޑިއިރެއް ތެރޭގައި ވެކްސިން ޖެހުމަށް ރަޖިސްޓަރ ވެފައެވެ. އަދި މިކަމަށް ލިބެމުން އަންނަ ތަރުހިބާއި ހިތްހަމަޖެހިވަޑައިގެން ހުންނެވި ކަން ފާހަގަކުރައްވާ ތައުފީގް ވަނީ ހުރިހާ ރައްޔިތުން ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ހުޅުވާލާފައެވެ.

ސައުދީން ވަނީ އެ ގައުމުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ފޯރު ކޮށްދޭނެ ކަމަށް ބުނެފައެވެ. މީގެ ތެރޭގައި އެ ގައުމަށް ނިސްބަތްވާ ރައްޔިތުންގެ އިތުރުން، އެ ގައުމުގައި މަސައްކަތް ކުރާ ރައްޔިތުން ހިމެނެއެވެ. އަދި ވެކްސިން ދިނުމުގައި އިސްކަންދޭ ލިސްޓެއް އެކުލަވާލާފައިވާއިރު، ވެކްސިން ޖަހަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
33%
33%
33%
ކޮމެންޓް