ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 07:08
އިންޑޮނޭޝިއާގައި ކޮވިޑް-19 ގެ ރޭންޑަމް ސާމްޕަލް ނަގަމުން ދަނިކޮށް
އިންޑޮނޭޝިއާގައި ކޮވިޑް-19 ގެ ރޭންޑަމް ސާމްޕަލް ނަގަމުން ދަނިކޮށް
ރޮއިޓަރސް
ކޮވިޑް-19، އިންޑޮނޭޝިއާގެ
ވެކްސިން ދިނުމުގައި އިންޑޮނޭޝިއާއިން އިސްކަން ދޭނީ ޒުވާނުންނަށް
 
އިންޑޮނޭޝިއާ ސަރުކާރުގެ އަމާޒަކީ 246 މިލިއަން ޑޯޒް ވެކްސިން ހޯދުން
 
އިންޑޮނޭޝިއާއަކީ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވެކްސިން އެންމެ ފުރަތަމަ ލިބޭނެ ކަމަށް ލަފާކުރެވޭ ގައުމު
 
ފްރޮންޓް ލައިން މަސައްކަތް ތެރިންނާއި، ހެލްތު ވޯކަރުން އަދި ސަލާމަތީ ބާރުތަކުގެ މަސައްކަތްތެރީންނަށް އިސްކަންދޭނެ

ކޮވިޑް-19 ގެ ވެކްސިން ދިނުމުގައި އިންޑޮނޭޝިއާއިން ޒުވާނުންނަށް އިސްކަންދޭން ނިންމައިފި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކާއި ހިލާފަށް އިންޑޮނޭޝިއާއިން ވެކްސިން ދިނުމުގައި އިސްކަންދޭނީ އުމުރުން 18 އަހަރާއި 59 އަހަރާއި ދެމެދު މީހުންނަށެވެ. އިންޑޮނޭޝިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ އެގައުމުން ވެކްސިން ދިނުމުގައި އިސްކަން ދޭނީ އުމުރުން 18 އަހަރާއި 59 އަހަރާއި ދެމެދު މީހުންގެ ތެރެއިން ފްރޮންޓް ލައިން މަސައްކަތް ތެރިންނާއި، ހެލްތު ވޯކަރުން އަދި ސަލާމަތީ ބާރުތަކުގެ މަސައްކަތްތެރީންނަށެވެ.

އިންޑޮނޭޝިއާއަކީ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވެކްސިން އެންމެ ފުރަތަމަ ލިބޭނެ ކަމަށް ލަފާކުރެވޭ ގައުމެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ބަލާލާއިރު އިނގިރޭސިވިލާތް، އެމެރިކާ އަދި ޖަރުމަނުވިލާތުން ވެކްސިން އާންމުނަށް ދޭން ފަށާފައިވާއިރު، ވެކްސިން ދިނުމުގައި މިގައުމުތަކުން އިސްކަން ދީފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ފްރޮންޓްލައިން މަސައްކަތްތެރީންނަށެވެ. ސަބަބަކީ ކޮވިޑްގެ ނުރައްކާ ޒުވާނުންނަށްވުރެ، އުމުރުން ދުވަސްވީ މީހުނަށް ބޮޑުވީމައެވެ.

އިންޑޮނޭޝިއާގެ ސިއްހަތާއި ބެހޭ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވީ އެގައުމުން ޒުވާނުންނަށް ވެކްސިން ދިނުމަށް ނިންމީ ޒުވާނުންނަކީ ކުރިމަގު އޮތް ބަޔަކަށްވެފައި، އެގައުމުގެ އިގްތިސާދަށް ޒުވާނުންގެ ސަބަބުން ފައިދާވާނެތީ ކަމަށް ބަލާފައި ކަމަށެވެ.

އިންޑޮނޭޝިއާ ސަރުކާރުގެ އަމާޒަކީ 246 މިލިއަން ޑޯޒް ވެކްސިން އެގައުމަށް ހޯދުމެވެ. އެގޮތުން އެގައުމުން ވަނީ 155.5 މިލިއަން ޑޯޒް ވެކްސިން ސިނޮވެކް އިން ގަތުމަށް ނިންމާފައެވެ. އަދި 116 މިލިއަން ޑޯޒްގެ ވެކްސިން ފައިޒާ އަދި ކޮވެކްސް ފެސިލިޓީއިން ލިބޭނެ ކަމަށް އެގައުމުން ލަފާކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި