ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 21:42
ލަންކާގެ ސްޕްރީމް ކޯޓުގައި އަލިފާން ރޯވެ ދުން އަރަމުން ދަނިކޮށް
ލަންކާގެ ސްޕްރީމް ކޯޓުގައި އަލިފާން ރޯވެ ދުން އަރަމުން ދަނިކޮށް
ކޮލޮމްބޯ ޕޭޖް
ލަންކާގެ ސުޕްރީމް ކޯޓު
ލަންކާގެ ސުޕްރީމް ކޯޓު ހުންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
 
މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ
 
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމަށް މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވޭ
 
އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވަނީން އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައި

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އެ ގައުމުގެ ސްޕްރީމް ކޯޓުގެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ލަންކާގެ ސުޕްރީމް ކޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ހަވީރު 04:30 ހާއިރުއެވެ. ނަމަވެސް އަލިފާން ރޯވިތާ މާ ގިނަ އިރުތަކެއް ނުވަނީސް، އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ލަންކާ މީޑިއާ ރިޕޯޓްތަކުގައި ވެއެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމަށް މިހާތަނަށް ރިޕޯޓް ކޮށްފައިނުވާއިރު، ކަމާބެހޭ ފަރާތްތަކުން އަންނަނީ މި ހާދިސާ ހިނގަން މެދުވެރި ސަބަބު ތަހުގީގު ކުރަމުންނެވެ.

ސުޕްރީމް ކޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކާއި ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މި މައުލޫމާތުތައް ރަސްމީ އިދާރާއަކުން ކަަށަވަރު ކޮށްދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް